ސަރުކާރުގެ ފަރާތުން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާފައިވާ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020 ގެ ފުރަތަމަ ކިޔުން އިއްވުން
ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ކޮރޯނާ ވައިރަހުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުމާ ކުރިމަތިލުމަށް "ނިއު ނޯމަލް" ގެ ތެރެއިން "ކޮވިޑް ފްރީޒޯން" އެއް ކަނޑައަޅައި، އިޤްތިޞާދީ ޙަރަކާތްތައް ހިންގޭނެ ގޮތަކަށް ޤައުމު ހުޅުވާލުމަށް ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން
ސަރުކާރުގެ ފަރާތުން، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން
ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 4/2007 (އޮޑިޓް ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރަކު މަޤާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރެއްވުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވުން
ސަރުކާރުގެ ފަރާތުން، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީބަހުސް ފަށްޓަވައި ބަހުސްކުރިއަށް ގެންދެވުން
ސަރުކާރުގެ ފަރާތުން، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ހަކަތައިގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވައި ބިލު މަޖިލީހުން ބަލައިގަތުން
ސަރުކާރުގެ ފަރާތުން، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވައި ބިލު މަޖިލީހުން ބަލައިގަތުން
ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ، ރާއްޖޭގެ ކަނޑުތަކުގަ އުޅޭ ނުރައްކާތެރި މިޔަރުތަކުގެ ސަބަބުން މަސްވެރިންނަށް ލިބޭ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާބެހޭ ގޮތުން ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށް ގެންދަވައި ޤަރާރު މަޖިލީހުން ބަލައިނުގަތުމަށް ފާސްކުރެއްވުން
މި އަހަރު ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުން ތައްޔާރުވާން ވަގުތު ނުލިބި، ޤުރްއާން މާއްދާއިން އެސް.އެސް.ސީ އިމްތިޙާން ދިނުމާމެދު ބެލެނިވެރިންގެ ކަންބޮޑުވުންތައް ބަޔާންކޮށް ހުށަހަޅާފައިވާ ޕެޓިޝަން، ޕެޓިޝަން ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރެއްވުމަށްފަހު ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން
އެކިއެކި ކުށްތަކާ ގުޅޭގޮތުން ބަންދުކޮށްފައިވާ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ލިބޭތޯއާއި އަދި އެފަރާތްތައް ބަންދުކޮށްފައިވަނީ އެކަށީގެންވާ ތަނެއްގައިތޯ ބެލުމަށްޓަކައި، ކ.މާފުށި ޖަލަށް ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ކުރި ދަތުރާގުޅޭ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށް ގެންދެވުން
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް މީހަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށް ގެންދެވުން
ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކަމުގެ ޤާނޫނު) ގެ 121 ވަނަ މާއްދާގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށް ގެންދެވުން
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް 12 ސެޕްޓެންބަރު 2019 ގައި ޢަމަލުކުރަން ފެށުމާ ގުޅިގެން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ބޯޑުގެ މެންބަރުންނަށް މުސާރަ ދިނުމުގައި ޢަމަލުކުރާނެ އުސޫލަކާ ގުޅޭގޮތުން ލަފައަކަށް އެދި ހުށަހަޅާފައިވާ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށް ގެންދެވުން
ބަލައިގަތުމަށް ފާހެއްނުވި
މަޖިލީހުގެ މަސައްކަތް ނިމިފައި
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA