ޖަލްސާގެ ނަން

2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/7/2/2020

ދައުރު

2020ވަނަ އަހަރުގެ ދެވަނަ ދައުރު

ތާރީހު

އަންގާރަ 16 ޖޫން 2020 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ފަރާތުން ކޮސޯވޯގެ މިނިވަންކަން ބަލައިގަނެ، އެކަން ރަސްމީކޮށް އިޢުލާންކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މިކަން ހިނގައިގޮސްފައިވާގޮތް ބަލައި ކަށަވަރުކުރުމަށްޓަކައި މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރުމަށްޓަކައި ހުށަހަޅާ ޤަރާރުގެ ފުރަތަމަކިޔުން އިއްވުން

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގައި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި، ކަމާގުޅޭ ސިޔާސަތުތަކާއި، ނިޒާމާއި ޤާނޫނުތަކާއި ގަވާއިދުތަކުގައި ހުރި ހުރަސްތަކާއި ތަފާތުކުރުންތައް ދެނެގަތުމަށްޓަކައި ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ އިބްތިދާއީބަހުސް ފަށްޓަވައި ބަހުސްކުރެއްވުމަށްފަހު ޤަރާރު މަޖިލީހުން ބަލައިގަތުންް

ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގެ ބަހުސް ކުރިއަށް ގެންދެވުމަށްފަހު ބިލު މަޖިލީހުން ބަލައިގަތުންް

ސަރުކާރުގެ ފަރާތުން، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދެވުމަށްފަހު ބިލު މަޖިލީހުން ބަލައިގަތުންް

މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެކުލަވާލި "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" (MSTG) ގެ ފުރަތަމަ ދެލިކޮޕީއަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅަން ބޭނުންވާ ކަންކަން އެ މިނިސްޓްރީއާ ޙިއްޞާކުރުމަށް އެދި ފޮނުވުމާ ގުޅިގެން، އެ ގައިޑްލައިން އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްކުރިއަށް ގެންދެވުން

މޭ މަހުގެ ތެރޭގައި ގަދަ ވަޔާއެކު ރާއްޖެއަށް ކުރި ވިއްސާރައިގައި ރަށްތަކަށް ލިބުނު ގެއްލުންތައް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުން

ސަރުކާރުގެ ފަރާތުން، ހުޅުމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުން

އައްޑޫ ސިޓީގެ ރަށްތަކަށް މިހާރުކުރަމުންދާ ވިއްސާރައިގައި އެ ސިޓީއަށް ކުރިމަތިވެފައިވާ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ކޮމިޓީގެ ދާއިރާގެ ތެރެއިން ޙައްލުހޯދިދާނެ ކަންކަމާ ގުޅޭގޮތުން ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA