ޖަލްސާގެ ނަން

2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/15/2/2020

ދައުރު

2020ވަނަ އަހަރުގެ ދެވަނަ ދައުރު

ތާރީހު

ހޯމަ 6 ޖުލައި 2020 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ހުށަހަޅުއްވާފައިވާ، އިޒްރާއީލުން ފަލަސްޠީންގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލުމާއެކު ފަލަސްޠީންގެ ރައްޔިތުންނަށް ދެމުންގެންދާ އިންސާނިއްޔަތާ ޚިލާފް އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ ބަލައިގަނެ ބަހުސްކުރިއަށް ގެންދެވުން

ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލްއާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ދެ ސުވާލުގެ ޖަވާބު އިއްވުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ކްރިމިނަލް ކޯޓުގެ ގާޟީ އަލްއުސްތާޛު ޙަސަން ނަޖީބު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން

ސަރުކާރުގެ ފަރާތުން، ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްކުރިއަށް ގެންދަވައި ބިލު މަޖިލީހުން ބަލައިގަތުން

ސަރުކާރުގެ ފަރާތުން، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލުގެ ބަހުސްކުރިއަށް ގެންދަވައި ބިލު މަޖިލީހުން ބަލައިގަތުން

ޖަލްސާގައި ކުރެވުނު މަސައްކަތްތައް

އެހެނިހެން
ކޯވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް މަތިވެފައިވާ ޖަދަލުތައް

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
ކްރިމިނަލް ކޯޓުގެ ގާޟީ އަލްއުސްތާޛު ޙަސަން ނަޖީބު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަރުހަލައިގައި

އެހެނިހެން
ޑިއުޓީގެ ގޮތުގައި 2021 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރާ އާމްދަނީ

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސުވާލަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ދެއްވި ޖަވާބު

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސުވާލަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ދެއްވި ޖަވާބު

މަޖިލީހުގެ މަސައްކަތް ނިމިފައި

ކުއްލި މައްސަލަ
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

ސުވާލު
ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާ ސުވާލަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ދެއްވި ޖަވާބު (ލިޔުން ނަންބަރު: 2)

މަޖިލީހުގެ މަސައްކަތް ނިމިފައި

ސުވާލު
ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާ ސުވާލަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ދެއްވި ޖަވާބު (ލިޔުން ނަންބަރު: 3)

މަޖިލީހުގެ މަސައްކަތް ނިމިފައި

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA