2020 ވަނަ އަހަރުގެ ދެވަނަ ދައުރު
2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާ
އަންގާރަ 14 ޖުލައި 2020
9:00
ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ނަންބަރު އޖ/19/2/2020
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ މަޖިލީހުން ބަލައިގަނެ ބަހުސްކުރިއަށް ގެންދެވުން
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފެއްޓެވުން
ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފެއްޓެވުން
ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްކުރިއަށް ގެންދެވުމަށްފަހު ބިލު މަޖިލީހުން ބަލައިގަތުން
ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ހުށަހަޅުއްވާފައިވާ، ވ. ފުލިދޫ ގިރެމުންދާ މައްސަލަ ޙައްލުކުރުމަށްޓަކައި ކުރެވެންހުރި މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ހުށަހަޅާ ޤަރާރުގެ ބަހުސްކުރިއަށް ގެންދެވުމަށްފަހު ޤަރާރު މަޖިލީހުން ބަލައިގަތުން
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA