ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުﷲ އަމީންއާ ސުވާލުކުރެއްވުން
މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުﷲ އަމީންއާ ސުވާލުކުރެއްވުން
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށާއި، އަދި އެ ބޯޑުގެ 3 މެންބަރުންގެ މެންބަރުކަމުގެ މުއްދަތު 8 އޮގަސްޓު 2020 ގެ ނިޔަލަށް ހަމަވެފައިވާތީ، އެ މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ 3 މެންބަރުން އިސްތިޢުފާދެއްވާފައިވާތީ، ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) ގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން
ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޙާލަތު ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްކުރިއަށް ގެންދެވުމަށްފަހު ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA