ޖަލްސާގެ ނަން

2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 31 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/31/2/2020

ދައުރު

2020ވަނަ އަހަރުގެ ދެވަނަ ދައުރު

ތާރީހު

އަންގާރަ 25 އޯގަސްޓު 2020 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ ހުށަހެޅުއްވުން. ނަމަވެސް މި މައްސަލަ މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވި

"ވ.ފުލިދޫ ގިރެމުންދާ މައްސަލަ ޙައްލުކުރުމަށްޓަކައި ކުރެވެންހުރި މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި ހުށަހަޅާ ޤަރާރު" އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް، އއ.މަތިވެރި/ ވެސްޓްބީޗް، އަލްއުސްތާޛު މުޙައްމަދު މުނައްވަރު ޢަލީގެ ނަންފުޅު މަޖިލީހުން ފާސްކުރެއްވުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި، 6 އޮގަސްޓު 2020 ވަނަ ދުވަހު މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ، ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް (ދަފްތަރު ނަންބަރު 4336) އަށް ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ފާސްކުރެއްވުން

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށާއި، އަދި އެ ބޯޑުގެ 3 (ތިނެއް) މެންބަރުން މެންބަރުކަމުގެ މުއްދަތު ހަމަވެފައިވާތީ، އެ މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑުގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށްޓަކައި ތިރީގައިއެވާ ހަތަރު ނަންފުޅު މަޖިލީހުން ފާސްކުރެއްވުން؛

  1. އަލްފާޟިލް މުމްތާޒް ޢަބްދުއްރަޝީދު، ހދ.ހަނިމާދޫ/ މުރިނގު
  2. އަލްފާޟިލާ ލީނާ މުޙައްމަދު ޒާހިރު ޙުސައިން، ހ.ނީލްވިލާ
  3. އަލްފާޟިލް ހުޝާމް ވަޙީދު، ގ.މާލެހިޔާ 2 03-15
  4. އަލްފާޟިލާ ޢާއިޝަތު ޢަޝާ ޢަލީ، ހ.އީސްޓްވާރޑް

ޖަލްސާގައި ކުރެވުނު މަސައްކަތްތައް

ޤަރާރު
ވ. ފުލިދޫ ގިރެމުންދާ މައްސަލަ ޙައްލުކުރުމަށްޓަކައި ކުރެވެންހުރި މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ހުށަހަޅާ ޤަރާރު

މަޖިލީހުން ފާސްކޮށްފައި

ރުހުން ހޯދުން
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

ރުހުން ހޯދުން
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ބޯޑުން ހުސްވެފައިވާ މެންބަރުންގެ މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

ކުއްލި މައްސަލަ
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA