ޖަލްސާގެ ނަން

2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 32 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/32/2/2020

ދައުރު

2020ވަނަ އަހަރުގެ ދެވަނަ ދައުރު

ތާރީހު

ބުދަ 26 އޯގަސްޓު 2020 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ސަރުކާރުގެ ފަރާތުން، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ހުށަހަޅުއްވާފައިވާ، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، މަޑުއްވަރި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ ހުށަހެޅުއްވުން. ނަމަވެސް މި މައްސަލަ މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވި

ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްކުރިއަށް ގެންދެވުމަށްފަހު ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ، ރާއްޖޭގައި ހިންގަމުން އަންނަ އިންޝުއަރެންސް ކުންފުނިތަކުން ޢަމަލުކުރާގޮތުން، އިންވެސްޓަރުންނަށް އެތައްސަތޭކަ މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވާތީ، އިންވެސްޓަރުންނަށް ލިބޭ ގެއްލުންތަކުން އެފަރާތްތައް ސަލާމަތްކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސް ފަށްޓަވައި ބަހުސްކުރިއަށް ގެންދެވުން. ނަމަވެސް މި ޤަރާރު މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވި

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA