ޖަލްސާގެ ނަން

2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/12/3/2020

ދައުރު

2020ވަނަ އަހަރުގެ ތިންވަނަ ދައުރު

ތާރީހު

ބުދަ 28 އޮކްޓޯބަރު 2020 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނެފަދަ މަރުކަޒެއް ޤާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން، 22 އޮކްޓޫބަރު 2020 ގައި، މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ، އަލްފާޟިލް އަޙްމަދު ނަސީމު، ހ.ހިކިފިނިފެންމާގެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށްޓަކައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވުން

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފަށްޓަވައި ބަހުސްކުރިއަށް ގެންދެވުން. ނަމަވެސް މި ބިލު މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވި

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، އިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލުގެ ބަހުސްކުރިއަށް ގެންދެވުމަށްފަހު ބިލު މަޖިލީހުން ބަލައިގަތުން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު އަލްފާޟިލާ ޒީނާ ޒާހިރު ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގައި އިހުމާލުވެފައިވާ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުން

ޤާނޫނު ނަންބަރު 4/2007 (އޮޑިޓް ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، އޮޑިޓަރ ޖެނެރަލްގެ މާލީ ހިސާބުތައް ތައްޔާރުކުރާނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ނަމޫނާއާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ބަޔާންކޮށްފައިވާތީ، އެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2021 ވަނަ އަހަރުގެ ބަޖެޓު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

ޖަލްސާގައި ކުރެވުނު މަސައްކަތްތައް

އެހެނިހެން
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރަކު މަޤާމުން ވަކިކުރުމުގެ މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

ބިލު
އިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލު

ކޮމިޓީ މަރުޙަލާ

ބިލު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު (19/2020/ބ-31)

ބަލައިގަތުމަށް ފާހެއްނުވި

އެހެނިހެން
އޮޑިޓަރ ޖެނެރަލްގެ މާލީ ހިސާބުތައް ތައްޔާރުކުރާނީ ރައްޔިތުންގެ މަޖިލީޙުން ކަނޑައަޅާ ނަމޫނާއާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ބަޔާންކޮށްފައިވާތީ، އެ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2021 ވަނަ އަހަރުގެ ބަޖެޓު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

މަޖިލީހުގެ މަސައްކަތް ނިމިފައި

ޖަލްސާގެ ޚުލާޞާ
2020 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 12 ވަނަ ޖަލްސާގެ ޚުލާޞާ

މަޖިލީހުގެ މަސައްކަތް ނިމިފައި

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA