ޖަލްސާގެ ނަން

2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 20 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/20/3/2020

ޚާޒިރީ

މެންބަރުން ތަފްސީލް

ތާރީހު

ހޯމަ 23 ނޮވެމްބަރު 2020 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ދައުރު

2020ވަނަ އަހަރުގެ ތިންވަނަ ދައުރު

ޖަލްސާގެ ޚުލާސާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅުއްވާފައިވާ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުން. ނަމަވެސް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުން ފާހެއްނުވި

ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހަޅުއްވާފައިވާ، ވައްކަންކުރުމާއި ފޭރުން އިތުރުވެ އަދި ފޭރުމަށްޓަކައި މީހުން ރަހީންކުރަމުންދާތީ މި ނުރައްކާތެރި ބިރުވެރިކަމުން ދިވެހިރައްޔިތުން ސަލާމަތްކުރުމަށް ހަރުދަނާ އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލަ މަޖިލީހުން ބަލައިގަނެ ބަހުސްކުރިއަށް ގެންދެވުން

ސަރުކާރުގެ ފަރާތުން، ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ހުށަހަޅުއްވާފައިވާ، އިންޝުއަރެންސްއާބެހޭ ބިލު މަޖިލީހުން ބަލައިގަތުން

ފަރަށް އަރާ އުޅަނދުފަހަރު ފުންކުރުމުގެ މަސައްކަތްކުރާނެ ދައުލަތުގެ އިދާރާއެއް ހުރުމުގެ މުހިންމުކަން ފާހަގަކޮށް ހުށަހަޅާފައިވާ ޤަރާރު، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުން. ނަމަވެސް ޤަރާރު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުން ފާހެއްނުވި. އަދި އަނބުރާ ކޮމިޓީއަށް ފޮނުވުމަށްވެސް ފާހެއްނުވި

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލު، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު ބިލު މަޖިލީހުން ފާސްކުރެއްވުން

ހިއުމަން ރައިޓްސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު، ހިޔުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް މ.ބާރަނާގެ، އަލްފާޟިލާ މަރްޔަމް މުނާ ޢައްޔަންކުރެއްވުމަށް މަޖިލީހުން ފާސްކުރެއްވުން

މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ، އަލްފާޟިލް އަޙްމަދު ނަސީމު، ހ.ހިކިފިނިފެންމާގެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު، ހ.ހިކިފިނިފެންމާގެ އަލްފާޟިލް އަޙްމަދު ނަސީމުއަށް މަޖިލީހުން ރުހުން ދެއްވުމަށް ފާސްކުރެއްވުން

ޖަލްސާގައި ކުރެވުނު މަސައްކަތްތައް
ކަނޑުދުއްވާ އުޅަނދުފަހަރު ފަރަށް އެރުމުން، އެ އުޅަނދު ފުންކުރުމުގައި ޢަމަލީ ގޮތުން މަސައްކަތްކުރާނެ ދައުލަތުގެ އިދާރާއެއް ހުރުމުގެ މުހިންމުކަން ފާހަގަކުރުމުގެގޮތުން ހުށަހަޅާ ޤަރާރު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލު ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ އިންޝުއަރެންސްއާބެހޭ ބިލު މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ، ހ.ހިކިފިނިފެންމާގެ، އަލްފާޟިލް އަޙްމަދު ނަސީމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲގެ އިތުބާރުނެތްކަމުގެ މައްސަލަ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލަ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA