2020 ވަނަ އަހަރުގެ ތިންވަނަ ދައުރު
2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާ
އަންގާރަ 24 ނޮވެމްބަރު 2020
9:00
ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ނަންބަރު އޖ/21/3/2020
ސަރުކާރުގެ ފަރާތުން، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން
މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، މަސްވެރިން ބާނާ މަސް ނުކިރުމާއި، ފައިސާ ނުލިބުމާއި، މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދިނުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ އިބްތިދާއީބަހުސް ފެއްޓެވުން
ސަރުކާރުގެ ފަރާތުން، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީބަހުސް ފަށްޓަވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު ބިލު މަޖިލީހުން ބަލައިގަތުން
ޤާނޫނު ނަންބަރު 20/2016، ޤާނޫނު ނަންބަރު 1/2013 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އުވާލުމުގެ ބިލު، ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުން
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA