ޖަލްސާގެ ނަން

2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/22/3/2020

ދައުރު

2020ވަނަ އަހަރުގެ ތިންވަނަ ދައުރު

ތާރީހު

ބުދަ 25 ނޮވެމްބަރު 2020 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ސަރުކާރުގެ ފަރާތުން، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަޙްމަދު ނަސީމް ދެއްވި ޖަވާބު އިއްވެވުން

ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަޙްމަދު ނަސީމް ދެއްވި ޖަވާބު އިއްވެވުން

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީބަހުސް ފެއްޓެވުން

ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު (ބިލު ނަންބަރު 23/2020)، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުން

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ތިރީގައިއެވާ ފަސް ނަންފުޅު މަޖިލީހުން ފާސްކުރެއްވުން؛

  1. އއ.މަތިވެރި/ ވެސްޓްބީޗް، އަލްއުސްތާޛު މުޙައްމަދު މުނައްވަރު ޢަލީ
  2. ގ.ގޮފި، އަލްއުސްތާޛާ ފާޠިމަތު މިންޙަތު ޢިއްޒަތު
  3. މއ.ވިލާރޮދި، އަލްފާޟިލް އިސްމާޢީލް ސާޖިދު
  4. މ.ފާމުދޭރިގެ، އަލްފާޟިލް ޙުސައިން ޒައިދާން ޖަލީލް
  5. ދަފްތަރު ނަންބަރު ރސ 7883، އަލްއުސްތާޛު އަޙްމަދު އަޝްރަފް

ޤާނޫނު ނަންބަރު 20/2016، ޤާނޫނު ނަންބަރު 1/2013 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އުވާލުމުގެ ބިލު، ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުއްވުން

ޖަލްސާގައި ކުރެވުނު މަސައްކަތްތައް

ރުހުން ހޯދުން
ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަޙްމަދު ނަސީމް ދެއްވި ޖަވާބު

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަޙްމަދު ނަސީމް ދެއްވި ޖަވާބު

މަޖިލީހުގެ މަސައްކަތް ނިމިފައި

ސުވާލު
ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަޙްމަދު ނަސީމް ދެއްވި ޖަވާބު (ލިޔުން ނަންބަރު: 78)

މަޖިލީހުގެ މަސައްކަތް ނިމިފައި

ސުވާލު
ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަޙްމަދު ނަސީމް ދެއްވި ޖަވާބު (ލިޔުން ނަންބަރު: 79)

މަޖިލީހުގެ މަސައްކަތް ނިމިފައި

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA