ޖަލްސާގެ ނަން

2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/26/1/2021

ޚާޒިރީ

މެންބަރުން ތަފްސީލް

ތާރީހު

ހޯމަ 5 އޭޕްރީލު 2021 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ދައުރު

2021ވަނަ އަހަރުގެ ފުރަތަމަ ދައުރު

ޖަލްސާގެ ޚުލާސާ

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ މަޖިލީހުން ބަލައިގަނެ ބަހުސްކުރިއަށް ގެންދެވުން

ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ހުށަހަޅުއްވާފައިވާ، ވ.އަތޮޅު ތަޢުލީމީ މަރުކަޒު (ވ.ފެލިދޫ) އާއި ވ.އަތޮޅު މަދަރުސާ (ވ.ފުލިދޫ) ގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސް ފަށްޓަވައި ބަހުސްކުރިއަށް ގެންދެވުން

ޕޮލިސް ބޯޑަށް ޢާންމު ރައްޔިތުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކު ހޮވުމަށް ކުރެވުނު އިޢުލާނަށް އިޖާބަދީ ކުރިމަތިލި ފަރާތްތަކުގެ ނަންތައް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު، ޕޮލިސް ބޯޑަށް ޢާންމު ރައްޔިތުންގެ ތެރެއިން ކަނޑައަޅާ މެންބަރުކަމަށް ސ.ހުޅުދޫ/ދެތަޑިމާގެ، އަލްއުސްތާޛާ ޞަފާ ޝަރީފްގެ ނަންފުޅު މަޖިލީހުން ފާސްކުރެއްވުން

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA