ޖަލްސާގެ ނަން

2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 36 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/36/1/2021

ދައުރު

2021ވަނަ އަހަރުގެ ފުރަތަމަ ދައުރު

ތާރީހު

ބުދަ 28 އޭޕްރީލު 2021 10:30

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ފެލިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ހުށަހަޅުއްވާފައިވާ، ވ.އަތޮޅު ތަޢުލީމީ މަރުކަޒު (ވ.ފެލިދޫ) އާއި ވ.އަތޮޅު މަދަރުސާ (ވ.ފުލިދޫ) ގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސްކުރިއަށް ގެންދަވާ، ޤަރާރު މަޖިލީހުން ބަލައިގަތުމަށް ވޯޓަށް އެއްސެވި.

ސަރުކާރުގެ ފަރާތުން، މަތިވެރި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙަސަން ޒަރީރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 6/2013 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްކުރިއަށް ގެންދަވާ، ބިލު މަޖިލީހުން ބަލައިގަތުމަށް ވޯޓަށް އައްސަވާ، ކޮމިޓީއަށް ފޮނުއްވި.

ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު (ބިލު ނަންބަރު 2020/22) ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްކުރިއަށް ގެންދެވުން

ޖަލްސާގައި ކުރެވުނު މަސައްކަތްތައް

ޤަރާރު
ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުން އިތުރުކުރުމަށްޓަކައި ހުށަހަޅާ ޤަރާރު

މަޖިލީހުން ފާސްކޮށްފައި

ބިލު
ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ބިލު

މަޖިލީހުން ފާސްކޮށްފައި

ޤަރާރު
ވ.އަތޮޅު ތަޢުލީމީ މަރުކަޒު (ވ.ފެލިދޫ) އާއި ވ.އަތޮޅު މަދަރުސާ (ވ.ފުލިދޫ) ގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް އަވަސްކުރުމަށް ގޮވާލާ ހުށަހަޅާ ޤަރާރު

ބަލައިގަތުމަށް ފާހެއްނުވި

ބިލު
ޤާނޫނު ނަންބަރު 6/2013 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

މަޖިލީހުން ފާސްކޮށްފައި

ރުހުން ހޯދުން
"ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތް އީސްޓް އޭޝިއާ" ދިވެހިރާއްޖެއިން ތަޞްދީޤުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

މަޖިލީހުން ފާސްކޮށްފައި

އެހެނިހެން
ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވުނު ހ.ކުއްޅަވައްމާގެ އަޒްޙަރު އިބްރާހީމްއަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

މަޖިލީހުން ފާސްކޮށްފައި

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA