ޖަލްސާގެ ނަން

2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 37 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/37/1/2021

ޚާޒިރީ

މެންބަރުން ތަފްސީލް

ތާރީހު

ބުރާސްފަތި 29 އޭޕްރީލު 2021 10:30

ތަން

ރައްޔިތުންގެ މަޖިލިސް

ދައުރު

2021ވަނަ އަހަރުގެ ފުރަތަމަ ދައުރު

ޖަލްސާގެ ޚުލާސާ

ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު (ބިލު ނަންބަރު 22/2020) ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްކުރިއަށް ގެންދަވާ، ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވުން.

މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ޤާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅުއްވާފައިވާ ޤަރާރު، އިޖްތިމާޢީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްކުރިއަށް ގެންދެވާ، ރިޕޯޓު މަޖިލީހުން ފާސްކުރުން.

ނޭޝަނަލް ޑްރަގް އޭޖެންސީގެ ޤާނޫނީ ޒިންމާ އަދާކުރަމުންނުދާކަމަށް ބަޔާންކޮށް ހުށަހަޅުއްވާފައިވާ މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅާއި، މަޖިލީހުން ރިޕޯޓު ފާސްކުރުން

ޤާނޫނު ނަންބަރު 7/2012(ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅާ، މަޖިލީހުން ގެންނެވި 2 އިޞްލާޙާއެކު ބިލު ފާސްކުރުން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރު އިޞްލާޙުކޮށް ޢާންމު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅާއި، ރިޕޯޓު މަޖިލީހުން ފާސްކުރުން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު، މަޖިލީހަށް ހުށަހަޅައި، ގ.މަސްއޮޑިގެ ށިފްލާ އިބްރާހީމްގެ ނަންފުޅު މަޖިލީހުން ފާސްކުރުން

ޤާނޫނު ނަންބަރު 2/2007 (ދިވެހި ސިވިލް ސަރވިސް ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅައި، މަޖިލީހުން ގެންނެވި އިޞްލާޙާއެކު ބިލު ފާސްކުރުން

މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލު އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅާއި، ކޮމިޓީން ނިންމި ގޮތަށް ބިލު ފާސްކުރުން

ކޮވިޑް-19 އާ ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ މޮރަޓޯރިއަމްގެ މުއްދަތު ހަމަވެ، މިހާރު އެ ކުންފުނިތަކުން ލޯނުތައް އަނބުރާ ދައްކަންޖެހިފައިވާތީ، އެ ވިޔަފާރިތަކަށް ކުރިމަތިވެދާނެ ދަތިތަކުން އަރައިގަތުމަށް އެހީވެވޭނެ ގޮތްތަކެއް ބައްލަވައިދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅާއި ރިޕޯޓު މަޖިލީހުން ފާސްކުރުން

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ފާސްވުމާއެކު، ކައުންސިލްތަކުގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް މުރާޖަޢާކޮށް، އެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅާއި މަޖިލީހުން ގެންނެވި އިޞްލާޙާއެކު ރިޕޯޓު ފާސްކުރުން

ޖަލްސާގައި ކުރެވުނު މަސައްކަތްތައް
މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލު ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މާލޭގައި ޒުވާނުންނަށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނެފަދަ މަރުކަޒެއް ޤާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރު ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ނޭޝަނަލް ޑްރަގް އޭޖެންސީގެ ޤާނޫނީ ޒިންމާ އަދާކުރަމުންނުދާކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރު އިޞްލާޙުކުރުމަށް ޢާންމު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ކޮވިޑް-19 އާ ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ މޮރަޓޯރިއަމް މައްސަލައާގުޅޭ ރިޕޯޓު ކައުންސިލްތަކުގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް މުރާޖަޢާކޮށް، އެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ސިޓީ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA