ޖަލްސާގެ ނަން

2021 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 6 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/6/2/2021

ޚާޒިރީ

މެންބަރުން ތަފްސީލް

ތާރީހު

ބުދަ 26 މޭ 2021 10:00

ތަން

ރައްޔިތުންގެ މަޖިލިސް

ދައުރު

2021ވަނަ އަހަރުގެ ދެވަނަ ދައުރު

ޖަލްސާގެ ޚުލާސާ

ސަރުކާރުގެ ފަރާތުން، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ މައްސަލައަށް މަޖިލީހުގައި ބަހުސްކުރުން

ސަރުކާރުގެ ފަރާތުން، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްކުރިއަށް ގެންދަވައި، މަޖިލީހުން ބަލައިގަނެ، ކޮމިޓީއަށް ފޮނުވުން

ހޮޓާ، ކެފެޓީރިއާ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިކަން ޙައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި، ހޯރަފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ މައްސަލަ އިޤްތިޞާދީ ކޮމިޓީ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅާ ބަހުސްކުރުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، އަލްފާޟިލް ޢުމަރު ޢަބްދުއްރައްޒާޤު، ހ.ހިކިފިނިފެންމާގެ، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމަށް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ މަޖިލީހުން ފާސްކުރުން

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA