ޖަލްސާގެ ނަން

2021 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/16/2/2021

ޚާޒިރީ

މެންބަރުން ތަފްސީލް

ތާރީހު

ހޯމަ 28 ޖޫން 2021 10:00

ތަން

ރައްޔިތުންގެ މަޖިލިސް

ދައުރު

2021ވަނަ އަހަރުގެ ދެވަނަ ދައުރު

ޖަލްސާގެ ޚުލާސާ

ސަރުކާރުގެ ފަރާތުން، ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 69/78 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ، ސްޓެލްކޯގެ ޖެނެރޭޓަރުތަކާއި ދުންހޮޅިތަކާއި ތެޔޮތާނގީތައް މީހުން ދިރިއުޅޭ ސަރަޙައްދާ މާގާތުގައި ބެހެއްޓުމުގެ ސަބަބުން، އެ ސަރަޙައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށް އެދި ހުށަހަޅާ ޤަރާރު ހުށަހެޅުއްވުން

ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލުގެ އިބްތިދާއީ ބަހުސް ފަށްޓަވައި ބަހުސްކުރިއަށް ގެންދެވުން

ގ.ފަރުކަނި، ޑޮކްޓަރ ޢާޞިމް އަޙްމަދު، ކިންގްޑަމް އޮފް މޮރޮކޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމާމެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުއްވުމަށްފަހު، ގ.ފަރުކަނި، ޑޮކްޓަރ ޢާޞިމް އަޙްމަދު، ކިންގްޑަމް އޮފް މޮރޮކޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް މަޖިލީހުން ފާސްކުރެއްވުން

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ، ހުޅުމާލެ 10095، ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންއަށް ރުހުންދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުއްވުމަށްފަހު، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ، ހުޅުމާލެ 10095، ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންއަށް ރުހުންދިނުމަށް މަޖިލީހުން ފާސްކުރެއްވުން

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA