ޖަލްސާގެ ނަން

2021 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/18/2/2021

ޚާޒިރީ

މެންބަރުން ތަފްސީލް

ތާރީހު

ހޯމަ 5 ޖުލައި 2021 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ދައުރު

2021ވަނަ އަހަރުގެ ދެވަނަ ދައުރު

ޖަލްސާގެ ޚުލާސާ

މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސް ފަށްޓަވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު ޤަރާރު މަޖިލީހުން ބަލައިގަތުން

ސަރުކާރުގެ ފަރާތުން، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހެޅުއްވުން

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ، ސްޓެލްކޯގެ ޖެނެރޭޓަރުތަކާއި ދުންހޮޅިތަކާއި ތެޔޮތާނގީތައް މީހުން ދިރިއުޅޭ ސަރަޙައްދާ މާގާތުގައި ބެހެއްޓުމުގެ ސަބަބުން، އެ ސަރަޙައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށް އެދި ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސް ފަށްޓަވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު ޤަރާރު މަޖިލީހުން ބަލައިގަތުން

ސަރުކާރުގެ ފަރާތުން، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްކުރިއަށް ގެންދެވުން

ޤާނޫނު ނަންބަރު 4/70ޖ. (އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު) އުވާލުމުގެ ބިލު މަޖިލީހުން ފާސްކުރެއްވުން

ޤާނޫނު ނަންބަރު 29/2016 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރެއްވުން

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA