ޖަލްސާގެ ނަން

2021 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/21/2/2021

ޚާޒިރީ

މެންބަރުން ތަފްސީލް

ތާރީހު

ބުރާސްފަތި 8 ޖުލައި 2021 14:00

ތަން

ރައްޔިތުންގެ މަޖިލިސް

ދައުރު

2021ވަނަ އަހަރުގެ ދެވަނަ ދައުރު

ޖަލްސާގެ ޚުލާސާ

ޤާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ހިޔުމަން ރައިޓްސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން.

ޤާނޫނު ނަންބަރު 4/2007 (އޮޑިޓް ޤާނޫނު) ގެ 2 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުއްވުމަށްފަހު، އޮޑިޓަރ ޖެނެރަލްގެ މަޤާމަށް އަލްފާޟިލް ޙުސައިން ނިޔާޒީ، ގ.އައިފާ، ޢައްޔަންކުރެއްވުމަށް މަޖިލީހުން ފާސްކުރެއްވުން.

ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލު ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު، ބިލު، އަލުން ދިރާސާކުރެއްވުމަށްޓަކައި އަނބުރާ ކޮމިޓީއަށް ފޮނުއްވުން.

ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރެއްވުން.

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު މަޖިލީހުން ފާސްކުރެއްވުން.

ޤާނޫނު ނަންބަރު 6/2013 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރެއްވުން.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA