ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، މަކުނުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ރާއީ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ މަޖިލީހުން ބަލައިގަނެ ބަހުސްކުރިއަށް ގެންދެވުން
ސަރުކާރުގެ ފަރާތުން، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ހުށަހަޅުއްވާފައިވާ، އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލުގެ އިބްތިދާއީ ބަހުސް ފަށްޓަވައި ބަހުސްކުރިއަށް ގެންދެވުން
މަޖިލީހުގެ ގަވާއިދުގެ 131 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، 11 ޖޫން 2019 ގައި ފާސްކުރައްވައި، 17 ފެބުރުވަރީ 2020 ގައި މަޖިލީހުން ބަދަލު ގެންނެވި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތުގެ ރިޕޯޓަށް ގެނެވުނު އިޞްލާޙު މަޖިލީހުން ފާސްކުރެއްވުން
ޢުމުރުން 18 އަހަރު ފުރުމުގެ ކުރިން ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އާ ޚިލާފުވެފައިވާ ފަރާތްތަކަށާއި، އެކި ސަބަބުތަކާ ގުޅިގެން ލައިސަންސް ނުނަގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ޖޫރިމަނާކޮށްފައިވާ ފަރާތްތަކަށް ލުއި ހޯދައިދިނުމަށް އެދި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ މައްސަލަ ގަވާއިދު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުއްވުމަށްފަހު، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ހ.ގުރުވަ، އަލްއުސްތާޛު އަޙްމަދު ޢާހިދު ރަޝީދުގެ ނަންފުޅު މަޖިލީހުން ފާސްކުރެއްވުން
އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު، އިލެކްޝަންސް ކޮމިޝަނަށް މެންބަރުކަމަށް ހ.އިރުވައި، އަލްފާޟިލް މުޙައްމަދު ޢާޞިފްގެ ނަންފުޅު މަޖިލީހުން ފާސްކުރެއްވުން
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA