ޖަލްސާގެ ނަން

2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/31/3/2021

ދައުރު

2021ވަނަ އަހަރުގެ ތިންވަނަ ދައުރު

ތާރީހު

ބުދަ 27 އޮކްޓޯބަރު 2021 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސް ކުރިއަށްގެންދެވުމަށްފަހު ބިލު މަޖިލީހުން ފާސްކުރެއްވުން

ވ.އަތޮޅު ފެލިދޫ ގިރާ ސަރަޙައްދު ޙިމާޔަތްކޮށްދިނުމަށް ގޮވާލާ ހުށަހަޅާ ޤަރާރު، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށްގެންދެވުމަށްފަހު ޤަރާރު މަޖިލީހުން ފާސްކުރެއްވުން

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސާއި ނައިބު ރައީސް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށްގެންދެވުމަށްފަހު، ހިޔުމަން ރައިޓްސް ކޮމިޝަންގެ ރައީސްކަމަށް މ.ބާރަނާގެ، އަލްފާޟިލާ މަރްޔަމް މުނާ އަދި ހިޔުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްކަމަށް މއ.މާވެޔޮގެ، ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲގެ ނަންފުޅު މަޖިލީހުން ފާސްކުރެއްވުން

ގްލޯބަލް ކައުންސިލް ފޮރ ޓޮލަރެންސް އެންޑް ޕީސް (ޖީ.ސީ.ޓީ.ޕީ) ގެ ގޮތްޕެއްކަމަށްވާ، އިންޓަރނޭޝަނަލް ޕާލަމަންޓް ފޮރ ޓޮލަރެންސް އެންޑް ޕީސް (އައި.ޕީ.ޓީ.ޕީ) އާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ވެވޭ މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ސޮއިކުރުމަށް ފާސްކުރެއްވުން

"ހިޔާ" ގެ ނަމުގައި 7000 ސޯޝަލް ހައުސިންގ ޔުނިޓް އިމާރާތްކުރާ މަޝްރޫޢާ ގުޅިގެން ހިންގާފައިވާ ޖަރީމާތައް ތަޙުޤީޤުކޮށް ޤާނޫނީ ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް ހުށަހަޅުއްވާފައިވާ މައްސަލަ، މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރެއްވުން

ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލު މަޖިލީހުން ފާސްކުރެއްވުން

ޖަލްސާގައި ކުރެވުނު މަސައްކަތްތައް

ބިލު
ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު

މަޖިލީހުން ފާސްކޮށްފައި

ބިލު
ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލު

މަޖިލީހުން ފާސްކޮށްފައި

ޤަރާރު
ވ. ފެލިދޫ ގިރާ ސަރަޙައްދު ޙިމާޔަތްކޮށްދިނުމަށް ގޮވާލައި ހުށަހަޅާ ޤަރާރު

މަޖިލީހުން ފާސްކޮށްފައި

ރުހުން ހޯދުން
ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސާއި ނައިބު ރައީސް ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
އިންޓަރނޭޝަނަލް ޕާލަމަންޓް ފޮރ ޓޮލަރެންސް އެންޑް ޕީސް (އައި.ޕީ.ޓީ.ޕީ) އާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ވެވޭ މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގއާ ގުޅޭ މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަރުހަލައިގައި

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA