ޖަލްސާގެ ނަން

2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 39 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/39/3/2021

ދައުރު

2021ވަނަ އަހަރުގެ ތިންވަނަ ދައުރު

ތާރީހު

އަންގާރަ 16 ނޮވެމްބަރު 2021 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލުގެ ޖަވާބު އިއްވެވުން

ޤާނޫނު ނަންބަރު 7/2013 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމާގުޅޭ މައްސަލައަށް ބަހުސްކުރެއްވުމަށްފަހު ދިރާސާކުރެއްވުމަށްޓަކައި ކޮމިޓީއަށް ފޮނުއްވުން

ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލު (ބިލު ނަންބަރު: 2021/19/ބ-19) ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު (M19/JD/2021/05) ރައްޔިތުންގެ މަޖިލީހުން އަނބުރާ ކޮމިޓީއަށް ފޮނުއްވުމާ ގުޅިގެން، އެ ރިޕޯޓުގައި ކޮމިޓީން ދިރާސާކޮށްފައިވާ ބިލު އަދި "ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލު" (ބިލު ނަންބަރު: 2021/19/ބ-23)، ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

އިންފޮމޭޝަން، ޓެކްނޯލޮޖީ، ސައިންސް އަދި ކޮމިއުނިކޭޝަންގެ ދާއިރާގައި ދިވެހިރާއްޖެ އޮތް ޙާލަތު ދެނެގަނެ، އެސެސްމެންޓެއް ހެދުމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާ މައްސަލަ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

ޖަލްސާގައި ކުރެވުނު މަސައްކަތްތައް

ބިލު
ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލު (ބިލު ނަންބަރު:19)

މަޖިލީހުން ފާސްކޮށްފައި

ބިލު
ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލު (ބިލު ނަންބަރު:23)

މަޖިލީހުން ފާސްކޮށްފައި

ބިލު
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

މަޖިލީހުން ފާސްކޮށްފައި

ސުވާލު
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ދެއްވި ޖަވާބު (ލިޔުން ނަންބަރު: 25)

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
އިންފޮމޭޝަން، ޓެކްނޯލޮޖީ، ސައިންސް އަދި ކޮމިއުނިކޭޝަންގެ ދާއިރާގައި ދިވެހިރާއްޖެ އޮތް ޙާލަތު ދެނެގަނެ، އެސެސްމެންޓެއް ހެދުމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާ މައްސަލައާގުޅޭ ރިޕޯޓު

މަޖިލީހުގެ މަސައްކަތް ނިމިފައި

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA