ޖަލްސާގެ ނަން

2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/14/1/2022

ދައުރު

2022ވަނަ އަހަރުގެ ފުރަތަމަ ދައުރު

ތާރީހު

ހޯމަ 7 މާރިޗު 2022 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަލްފާޟިލާ އާމިނަތު ޝައުނާއާ ސުވާލުކުރެއްވުން

ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 8/2020 (ފެނާއި ނަރުދަމާގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދެވުމަށްފަހު ބިލު މަޖިލީހުން ބަލައިގަތުން

ސަރުކާރުގެ ފަރާތުން، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުން

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ، މާލީ އަދި އެހެނިހެން މަޞްލަޙަތުތައް ހާމަކުރުމުގެ ބިލު މަޖިލީހުން ބަލައިގަތުން

ކިންގްޑަމް އޮފް ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އަލްފާޟިލް ޢުމަރު ޢަބްދުއްރައްޒާޤު، ހ.ހިކިފިނިފެންމާގެ އަދި ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އަލްފާޟިލް ޙަސަން ޞާބިރު، ގ.ފިޔާތޮށިގެ ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު، ކިންގްޑަމް އޮފް ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އަލްފާޟިލް ޢުމަރު ޢަބްދުއްރައްޒާޤު، އަދި ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އަލްފާޟިލް ޙަސަން ޞާބިރުގެ ނަންފުޅު މަޖިލީހުން ފާސްކުރެއްވުން

"މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް" ގެ ނަމުގައި އިދާރާއެއް އުފައްދައި، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން، އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ދާއިރާއަށް ގެންނެވި ބަދަލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރެއްވުން

ޖަލްސާގައި ކުރެވުނު މަސައްކަތްތައް

ބިލު
ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

މަޖިލީހުން ފާސްކޮށްފައި

އެހެނިހެން
މިނިސްޓްރީ އޮފް ޑިފެންސްގެ މަސައްކަތްތަކުގެ ދާއިރާއަށް ގެންނެވި ބަދަލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

ބިލު
މާލީ އަދި އެހެނިހެން މަޞްލަޙަތުތައް ހާމަކުރުމުގެ ބިލު

ކޮމިޓީ މަރުޙަލާ

ރުހުން ހޯދުން
ކިންގްޑަމް އޮފް ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް އަދި ޖަޕާނަށް ދިވެހިރާއްޖެއިން ސަފީރުން ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

ސުވާލު
ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަލްފާޟިލާ އާމިނަތު ޝައުނާއާ ކުރައްވާ ސުވާލު (ލިޔުން ނަންބަރު: 133)

މަޖިލީހުގެ މަސައްކަތް ނިމިފައި

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA