2022 ވަނަ އަހަރުގެ ތިންވަނަ ދައުރު

2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާ

އަންގާރަ 1 ނޮވެމްބަރު 2022

9:00

ރައްޔިތުންގެ މަޖިލިސް

އެޖެންޑާ ނަންބަރު އޖ/31/3/2022

ޖަލްސާގެ ޚުލާސާ

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ހުށަހަޅުއްވާފައިވާ، ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ ޢިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ ޢަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ، މިކަމަށް އަވަސް ޙައްލެއް ހޯދުމަށް ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން

ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް، މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމްއާ ސުވާލުކުރެއްވުން

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގައި ރީބްރޯޑްކާސްޓިންގ ޚިދުމަތްދޭ ހުރިހާ ފަރާތްތަކަށް ތަފާތުކުރުމެއްނެތި އިންސާފުވެރިކަމާއި ވާދަވެރިކަމާއެކު ވިޔަފާރިކުރެވޭނެ މާހައުލެއް ޤާއިމުކޮށްދީ، ވަކިބައެއްގެ ނުފޫޒުން ކުދި އޮޕަރޭޓަރުންގެ ވިޔަފާރިތައް ހަލާކުކޮށްލުމަށް ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށްގެންދަވައި ޤަރާރު މަޖިލީހުން ބަލައިގަތުން

ސަރުކާރުގެ ފަރާތުން، ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދެވުން

ފ.ނިލަންދޫގެ ނަރުދަމާ ނިޒާމު ހަލާކުވެ، އެ މައްސަލަ ޙައްލު ނުވެ ގިނަ ދުވަސްތަކެއް ވެފައިވާތީ، އެ މައްސަލަ ޙައްލުކޮށްދެއްވުމަށް އެދި ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރު، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށްގެންދެވުން

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA