ޖަލްސާގެ ނަން

2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 7 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/7/1/2023

ދައުރު

2023ވަނަ އަހަރުގެ ފުރަތަމަ ދައުރު

ތާރީހު

ހޯމަ 20 ފެބްރުއަރީ 2023 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅުއްވާފައިވާ، އެމް.ޑީ.ޕީގެ ރައީސުލްޖުމްހޫރިއްޔާގެ ސަރުކާރުގެ ސިޔާސަތު، އެމް.ޑީ.ޕީގެ ފިކުރާއި އަސާސްތަކާ އެއްގޮތަށް އަނބުރާލެއްވުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނޭގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ފަރެސްމާތޮޑާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ ހުށަހެޅުއްވުން. މި މައްސަލައަށް މަޖިލީހުގައި ބަހުސްކުރުމަށް ފާހެއްނުވި

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ހުށަހަޅުއްވާފައިވާ، ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ ޢިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ ޢަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ، މިކަމަށް އަވަސް ޙައްލެއް ހޯދުމަށް ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށްގެންދެވުން

ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ހުށަހަޅުއްވާފައިވާ، ނަފްސާނީ ޞިއްޙަތާގުޅޭ ޚިދުމަތްތަކާބެހޭ ވަށާޖެހޭ ސިޔާސަތުތަކެއްގެ ތެރެއިން މި ޚިދުމަތްތައް ލިބޭނެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށްގެންދެވުން

ސަރުކާރުގެ ފަރާތުން، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލުގެ ބަހުސް ކުރިއަށްގެންދެވުން

ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށްގެންދެވުން

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA