2023 ވަނަ އަހަރުގެ ފުރަތަމަ ދައުރު
2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާ
ބުދަ 1 މާރިޗު 2023
9:00
ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ނަންބަރު އޖ/12/1/2023
މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށަހަޅުއްވާފައިވާ، 2018 ވަނަ އަހަރު އިންތިޚާބުކުރެވުނު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ހުވައިކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގެންފައި ވަނިކޮށް، 2018 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންފައިވާ ރައީސުލްޖުމްހޫރިއްޔާ އަލުން މަޤާމާ ހަވާލުވެވަޑައިގަތުމުން އުފެދިފައިވާ ދުސްތޫރީ އޮޅުންބޮޅުމަށް ސާފު ހައްލެއް ހޯދައިދިނުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަޙްމަދު ނަސީމްއާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލުގެ ޖަވާބު އިއްވެވުން
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރުއާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލުގެ ޖަވާބު އިއްވެވުން
ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ސްޓްރެޓީޖިކް ޕާޓްނަރޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން އައްޑޫ އެއަރޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ޕްރައިވަޓައިޒްކުރުމަށް އެދި ގޮވާލާ ޤަރާރުގެ އިބްތިދާއީ ބަހުސް ފެއްޓެވުން
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA