2023 ވަނަ އަހަރުގެ ފުރަތަމަ ދައުރު

2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 18 ވަނަ ޖަލްސާ

ބުދަ 15 މާރިޗު 2023

9:00

ރައްޔިތުންގެ މަޖިލިސް

އެޖެންޑާ ނަންބަރު އޖ/18/1/2023

ޖަލްސާގެ ޚުލާސާ

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލު ކުރިއަށްގެންދެވުން

ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލިމެންޓޭރިއަންސް އެގެއިންސްޓް ކޮރަޕްޝަން (ގޯޕެކް) ގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމާގުޅޭ މައްސަލައިގެ ބަހުސް ކުރިއަށްގެންދެވުން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވާފައިވާ މައްސަލަ ހުށަހެޅުއްވުން. މި މައްސަލައަށް މަޖިލީހުގައި ބަހުސްކުރުމަށް ފާހެއްނުވި

ސަރުކާރުގެ ފަރާތުން، ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފެއްޓެވުން

ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ސަރަޙައްދީ ބަނދަރުތައް ބޭނުންކޮށްގެން ސަރަޙައްދީ ތަރައްޤީގެ ދުވެލި ހަލުވިކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، އެ މަސައްކަތް ހަލުވިކުރުމަށް އެދި ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށްގެންދެވުން

ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދެވުން

ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދެވުން

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA