ޖަލްސާގެ ނަން

2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/30/1/2023

ދައުރު

2023ވަނަ އަހަރުގެ ފުރަތަމަ ދައުރު

ތާރީހު

ބުދަ 12 އޭޕްރީލު 2023 10:30

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙްމަދު މަޚްލޫފްއާ ސުވާލުކުރެއްވުން

މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ، އެމް.ޑީ.ޕީ ވެރިކަމެއް އޮވެމެ، އެމް.ޑީ.ޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ހިންގުމުގައި ފަހަތުފަޔަށް ބުރަވެ، ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކުން ހުއްޓާލައި އެމް.ޑީ.ޕީގެ މެނިފެސްޓޯގައިވާ ގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސް ފެއްޓެވުން

މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށަހަޅުއްވާފައިވާ، 2018 ވަނަ އަހަރު އިންތިޚާބުކުރެވުނު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ހުވައިކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގެންފައިވަނިކޮށް، 2018 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންފައިވާ ރައީސުލްޖުމްހޫރިއްޔާ އަލުން މަޤާމާ ހަވާލުވެވަޑައިގަތުމުން އުފެދިފައިވާ ދުސްތޫރީ އޮޅުންބޮޅުމަށް ސާފު ހައްލެއް ހޯދައިދިނުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށްގެންދެވުން

ބޭރު ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުން ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ހިމެނޭ ހަތަރު ނަމަކަށް ރުހުންދިނުމަށް މަޖިލީހުން ފާސްކުރެއްވުން

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އުވާލުމާއި އަދި ރެގިއުލޭޓްކޮށް މޮނިޓަރކުރެވޭނެ ޤާނޫނެއް އެކުލަވާލުމަށް އެދި ގޮވާލައި ހުށަހަޅާ ޤަރާރު މަޖިލީހުން ބަލައިނުގަތުމަށް ފާސްކުރެއްވުން

އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ އިންޓަރނޭޝަނަލް ލޭބަރ ކޮންފަރެންސްތަކުގައި 15 މޭ 2009 އިން ފެށިގެން މިއަދާ ހަމައަށް ބަލައިގަނެފައިވާ އިންސްޓްރޫމަންޓްތައް، ދިވެހިރާއްޖެއިން ބަލައިގަތުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކެވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުން އެދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފޮނުއްވާފައިވާ އިންސްޓްރޫމަންޓްތަކުގެ ތަފްސީލު ރިޕޯޓު، އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރެއްވުން

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވާފައިވާ، ފާދިއްޕޮޅު ނައިފަރުގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުގައިހުރި މައްސަލަތައް ޙައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރު ބަލައިނުގަތުމަށް ފާސްކުރެއްވުން

ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2/2015 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުން

ޖަލްސާގައި ކުރެވުނު މަސައްކަތްތައް

ޤަރާރު
ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އުވާލުމާއި އަދި ރެގިއުލޭޓްކޮށް މޮނިޓަރކުރެވޭނެ ޤާނޫނެއް އެކުލަވާލުމަށް އެދި ގޮވާލާ ޤަރާރު

ބަލައިގަތުމަށް ފާހެއްނުވި

ބިލު
ޤާނޫނު ނަންބަރު 2/2015 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކޮމިޓީ މަރުޙަލާ

ޤަރާރު
ފާދިއްޕޮޅު ނައިފަރުގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުގައިހުރި މައްސަލަތައް ޙައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރު

ބަލައިގަތުމަށް ފާހެއްނުވި

ރުހުން ހޯދުން
ބޭރު ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުން ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
އައި.އެލް.އޯ ކޮންފަރެންސްގައި ބޭނުންކޮށްފައި އިންސްޓޫމަންޓްތައް ދިވެހިރާއްޖެއިން ބަލައިގަތުމާގުޅޭ ތަފްސީލު ރިޕޯޓު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

މަޖިލީހުގެ މަސައްކަތް ނިމިފައި

ސުވާލު
ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙްމަދު މަޚްލޫފްއާ ކުރައްވާ ސުވާލު (ލިޔުން ނަންބަރު: 197)

މަޖިލީހުގެ މަސައްކަތް ނިމިފައި

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA