ޖަލްސާގެ ނަން

2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/32/1/2023

ދައުރު

2023ވަނަ އަހަރުގެ ފުރަތަމަ ދައުރު

ތާރީހު

އަންގާރަ 18 އޭޕްރީލު 2023 10:30

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރުއާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލުގެ ޖަވާބު އިއްވެވުން

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލުގެ ޖަވާބު އިއްވެވުން

ސަރުކާރުގެ ފަރާތުން، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދެވުން

މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށަހަޅުއްވާފައިވާ، 2018 ވަނަ އަހަރު އިންތިޚާބުކުރެވުނު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ހުވައިކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގެންފައިވަނިކޮށް، 2018 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންފައިވާ ރައީސުލްޖުމްހޫރިއްޔާ އަލުން މަޤާމާ ހަވާލުވެވަޑައިގަތުމުން އުފެދިފައިވާ ދުސްތޫރީ އޮޅުންބޮޅުމަށް ސާފު ހައްލެއް ހޯދައިދިނުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށްގެންދެވުން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުއްވުން

ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ އެކައުންޓްތަކުން އެ އެކައުންޓްތަކުގެ ވެރިފަރާތްތަކަށް ނޭނގި ފައިސާ ކެނޑެމުންދާ މައްސަލަ، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުން

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA