2023 ވަނަ އަހަރުގެ ދެވަނަ ދައުރު
2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާ
ބުދަ 7 ޖޫން 2023
9:00
ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ނަންބަރު އޖ/10/2/2023
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ މައްސަލަ ހުށަހެޅުއްވުން. މި މައްސަލައަށް މަޖިލީހުގައި ބަހުސްކުރުމަށް ފާހެއްނުވި
ސަރުކާރުގެ ފަރާތުން، ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 22/2022 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދެވުން
މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ރާއްޖޭގައި މުދަލާއި ޚިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށްގެންދެވުން. މި ޤަރާރު މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވި
ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގެ ތެރޭގައި ހިމެނޭ، ރިޒޯޓު މެނޭޖަރުކަމާއި، އެޗް.އާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަޤާމަށް ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަޤާމެއްކަމަށް ކަނޑައެޅުމާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރު ބަލައިގަތުމާ ގުޅޭގޮތުން ވޯޓަށް އެއްސެވުން. މި ޤަރާރު މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވި
ބަލައިގަތުމަށް ފާހެއްނުވި
ބަލައިގަތުމަށް ފާހެއްނުވި
މަޖިލީހުގެ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA