ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެގެންވަނީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސްކަމަށް.
އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ޤަރާރެއް ހުށަހެޅި، އެ ޤަރާރާމެދު ވަކި ގޮތެއް ކަނޑައަޅައި ނުނިމެނީސް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރު އެޖެންޑާކުރާ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އުޒުރުވެރިވެޑައިގަންނަވާކަން، 11 ޖޫން 2023 ގައި އެ މަނިކުފާނު ފޮނުއްވި ސިޓީފުޅުގައި އަންގަވާފައިވޭ.
އެހެންކަމުން، މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމާ ގުޅޭގޮތުން ގޮތެއް ކަނޑަނޭޅެނީސް، މި ޖަލްސާ ކުރިއަށްގެންދެވެން ނެތްވާހަކަ އަމީން ޢާންމު މެންބަރުންނަށް ދެންނެވި.
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA