ޖަލްސާގެ ނަން

2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/26/3/2023

ދައުރު

2023ވަނަ އަހަރުގެ ތިންވަނަ ދައުރު

ތާރީހު

ހޯމަ 27 ނޮވެމްބަރު 2023 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ "ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު" އަށް، އެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން މެންބަރުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައެޅުމުގެ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 249 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޖިލީހުގެ ގަވާއިދަށް އިޞްލާޙު ގެނައުމަށް ހުށަހަޅާ މައްސަލައިގެ ބަހުސް ކުރިއަށްގެންދަވައި، މި މައްސަލަ ދިރާސާކުރުމަށްޓަކައި ކޮމިޓީއަށް ފޮނުއްވުން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 182 ވަނަ މާއްދާގެ (ށ) ގެ ދަށުން، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ އިމްތިޔާޒްގެ މައްސަލަ، އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުއްވުން

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ޤަރާރާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާގުޅޭ މައްސަލަ ޢާންމު ކޮމިޓީގެ ލަފާފުޅަށް އެދި ފޮނުއްވުން

ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް ހުށަހަޅުއްވާފައިވާ، ނިރުބަވެރިވުމުގެ ނުރައްކާ ކުޑަކުރުމަށް ދިވެހި ދައުލަތުން އަޅުއްވާފައިވާ ފިޔަވަޅުތަކާއި، ބައިނަލްއަޤްވާމީ ޓެރަރިޒަމްގައި ޢަމަލީގޮތުން 20 ދިވެއްސަކު ބައިވެރިވާކަމަށް އެމެރިކާ ސަރުކާރުން ނެރުނު އިޢުލާނާ ގުޅިގެން ރާއްޖެއަށާއި ދިވެހިންނަށް ކުރާނެ ނޭދެވޭ އަސަރު ދެނެގަތުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދިއުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސް ފެއްޓެވުން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 249 ވަނަ މާއްދާގެ (ހ) ގެ ދަށުން، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ، މަޖިލީހުގެ ގަވާއިދަށް އިޞްލާޙު ގެނައުމަށް ހުށަހަޅުއްވާފައިވާ މައްސަލަ ހުށަހެޅުއްވުން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މި ހިނގާ ތިންވަނަ ދައުރު، 7 ޑިސެންބަރު 2023 ގެ ނިޔަލަށް އިތުރުކުރެއްވުން

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ 16 ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމާ ގުޅޭގޮތުން ގޮތެއް ނިންމެވުން

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 2013 އަދި 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު، ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން



ޖަލްސާގައި ކުރެވުނު މަސައްކަތްތައް

ރުހުން ހޯދުން
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ މެންބަރަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލަ

އަނބުރާ ގެނައުން

ރުހުން ހޯދުން
ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އަލްފާޟިލާ ހުދާ ޢަލީ ޝަރީފް، ހ.ފިލިގަސްދޮށުގެ، ހަމަޖެއްސެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ

އަނބުރާ ގެނައުން

ރުހުން ހޯދުން
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ މެންބަރަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލަ

އަނބުރާ ގެނައުން

އެހެނިހެން
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 182 ވަނަ މާއްދާގެ ދަށުން، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ، އިމްތިޔާޒުގެ މައްސަލަ

ކޮމެޓީ މަރުހަލައިގައި

ބިލު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު (19/2023/ބ-15)

ބަލައިގަތުމަށް ފާހެއްނުވި

ރުހުން ހޯދުން
އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މއ.ރުއްކުރި، އަލްފާޟިލާ މަރްޔަމް މިދްފާ ނަޢީމް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

އަނބުރާ ގެނައުން

ރުހުން ހޯދުން
ބަންގްލަދޭޝަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ސ.ހުޅުދޫ/ އަސަރީގެ، އަލްފާޟިލާ ޝިއުނީން ރަޝީދު ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

އަނބުރާ ގެނައުން

ރުހުން ހޯދުން
އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ހ.ސެލީނާ، އަލްފާޟިލާ ޚަދީޖާ ނަޖީޙާ ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

އަނބުރާ ގެނައުން

ރުހުން ހޯދުން
ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

އަނބުރާ ގެނައުން

އެހެނިހެން
ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ، މަޖިލީހުގެ ގަވާއިދަށް އިޞްލާޙު ގެނައުމަށް ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަރުހަލައިގައި

އެހެނިހެން
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 249 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޖިލީހުގެ ގަވާއިދަށް އިޞްލާޙު ގެނައުމަށް ހުށަހަޅާ މައްސަލަ

ކޮމެޓީ މަރުހަލައިގައި

އެހެނިހެން
"ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު" އަށް، އެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން މެންބަރުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައެޅުމުގެ މައްސަލަ

ކޮމެޓީ މަރުހަލައިގައި

އެހެނިހެން
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 2013 އަދި 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތުގެ ރިޕޯޓު

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މި ހިނގާ ތިންވަނަ ދައުރު، 7 ޑިސެންބަރު 2023 ގެ ނިޔަލަށް އިތުރުކުރެއްވުން

މަޖިލީހުގެ މަސައްކަތް ނިމިފައި

ޖަލްސާ ބެއްލެވުމަށް

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA