ޖަލްސާގެ ނަން

2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 33 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/33/3/2023

ދައުރު

2023ވަނަ އަހަރުގެ ތިންވަނަ ދައުރު

ތާރީހު

ބުދަ 6 ޑިސެމްބަރު 2023 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ މަޖިލީހުން ބަލައިގަނެ ބަހުސް ކުރިއަށްގެންދެވުން

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަންހެނުންގެ ޞިއްޙަތަށް ދިމާވާ އެކިއެކި މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމަށް ޤައުމީ ފެންވަރުގައި ރަނގަޅު ދިރާސާއެއްކޮށް އެ ދިރާސާގެ އަލީގައި ކަމާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށްގެންދެވުން

ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވާފައިވާ "އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރު" އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުއްވުމަށް މަޖިލީހުން ފާސްކުރެއްވުން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މި ހިނގާ ތިންވަނަ ދައުރު، 18 ޑިސެންބަރު 2023 ގެ ނިޔަލަށް އިތުރުކުރެއްވަށް މަޖިލީހުން ފާސްކުރެއްވުން

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާ ގުޅުންހުރި މައްސަލަތައް، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށްގެންދެވުން

ޖަލްސާ ބެއްލެވުމަށް

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA