2023 ވަނަ އަހަރުގެ ތިންވަނަ ދައުރު

2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 36 ވަނަ ޖަލްސާ

ބުދަ 13 ޑިސެމްބަރު 2023

9:00

ރައްޔިތުންގެ މަޖިލިސް

އެޖެންޑާ ނަންބަރު އޖ/36/3/2023

ޖަލްސާގެ ޚުލާސާ

ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ހުށަހަޅުއްވާފައިވާ، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މަސްވެރިންނާއ،ި އޮޑިވެރިންނާއި އަދި މިފްކޯގެ މުވައްޒަފުންނަށް (ޔޫ.އެސް ޑޮލަރު) ފަސޭހައިން ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދިނުމަށް އެދި ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ދާންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ މަޖިލީހުން ބަލައިގަނެ ބަހުސް ކުރިއަށްގެންދެވުން

2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް، ބަޖެޓު ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރު، އަދި 89 ވަނަ މާއްދާގެ (ހ) އިޞްލާޙުކޮށް، ޢާންމު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން


ޖަލްސާ ބެއްލެވުމަށް

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA