ޖަލްސާގެ ނަން

2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/4/1/2024

ދައުރު

2024ވަނަ އަހަރުގެ ފުރަތަމަ ދައުރު

ތާރީހު

ބުދަ 7 ފެބްރުއަރީ 2024 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމެއް ހުސްވެފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ މައްސަލަ މަޖިލީހުން ބަލައިގަނެ ބަހުސް ކުރިއަށްގެންދެވުން

ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދަވައި ބިލު މަޖިލީހުން ބަލައިގަތުން

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދަވައި ބިލު މަޖިލީހުން ބަލައިގަތުން

ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ހުށަހަޅުއްވާފައިވާ، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މަސްވެރިންނާއި، އޮޑިވެރިންނާއި އަދި މިފްކޯގެ މުވައްޒަފުންނަށް (ޔޫ.އެސް ޑޮލަރު) ފަސޭހައިން ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދިނުމަށް އެދި ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށްގެންދެވުން

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ 16 ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތުގެ ރިޕޯޓަށް ގެނެވުނު އިޞްލާޙު މަޖިލީހުން ފާސްކުރެއްވުން



ޖަލްސާ ބެއްލެވުމަށް

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA