2024 ވަނަ އަހަރުގެ ފުރަތަމަ ދައުރު

2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާ

އާދިއްތަ 11 ފެބްރުއަރީ 2024

11:30

ރައްޔިތުންގެ މަޖިލިސް

އެޖެންޑާ ނަންބަރު އޖ/5/1/2024

ޖަލްސާގެ ޚުލާސާ

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނެސްފައިވާ އިޞްލާޙަށް މިވަގުތަށް ޢަމަލުނުކުރުމަށް 8 ފެބުރުވަރީ 2024 ގައި ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ވަގުތީ އަމުރު (ޤަޞިއްޔާ ނަންބަރު 01/SC-C/2024) އާގުޅޭ މައްސަލައަށް ބަހުސްކުރެއްވުމަށްފަހު، ހުށަހެޅިފައިވާ ހުށަހެޅުން ފާސްކުރެއްވުން


ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި 5 މެންބަރުންގެ ވަގުތީ ކޮމިޓީން އެ ބިލު ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު، ބިލު މަޖިލީހުން ފާސްކުރެއްވުން


ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ހުށަހަޅުއްވާފައިވާ، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މަސްވެރިންނާއި، އޮޑިވެރިންނާއި އަދި މިފްކޯގެ މުވައްޒަފުންނަށް (ޔޫ.އެސް ޑޮލަރު) ފަސޭހައިން ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދިނުމަށް އެދި ހުށަހަޅާ ޤަރާރު މަޖިލީހުން ބަލައިގަތުން



ޖަލްސާ ބެއްލެވުމަށް

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA