2024 ވަނަ އަހަރުގެ ފުރަތަމަ ދައުރު
2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާ
ހޯމަ 19 ފެބްރުއަރީ 2024
9:00
ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ނަންބަރު އޖ/8/1/2024
ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް، އެއީ ދެމެހެއްޓެނިވި ސިޔާސަތެއްގެ ގޮތުގައި ހިފެހެއްޓުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 32 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުން
އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، މަސްވެރިން ބާނާ މަހަށްވާ ފައިސާ ނުލިބި ގިނަ ދުވަސްވެފައިވާތީއާއި، އެކަމުގެ ސަބަބުން މަސްވެރިންނަށް އެތައް ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާތީ، މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ވީއެންމެ އަވަހަކަށް އެފަރާތްތަކަށް ހަވާލުކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސް ފެއްޓެވުން
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އުނިކޮށް އެ ގަވާއިދަށް 242-1 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރުކޮށް، ޢާންމު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު، ރިޕޯޓު މަޖިލީހުން ފާސްކުރެއްވުން
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA