ޖަލްސާގެ ނަން

2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 18 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/18/1/2024

ދައުރު

2024ވަނަ އަހަރުގެ ފުރަތަމަ ދައުރު

ތާރީހު

އަންގާރަ 26 މާރިޗު 2024 10:30

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން، މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ ޢަބްދުﷲ ޚަލީލްއާ ސުވާލުކުރެއްވުން

ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ، މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ ޢަބްދުﷲ ޚަލީލްއާ ސުވާލުކުރެއްވުން

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް 17 ނޮވެންބަރު 2023 ގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 22 މެންބަރުންގެ ތެރެއިން، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 މެންބަރުން ވަޒީރުންގެ މަޖިލީހަށް އަލުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރު ބަލައިގަތުން

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމާ ގުޅޭގޮތުން ވޯޓަށް އެއްސެވުން. މި ބިލު މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވި

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް، އެއީ ދެމެހެއްޓެނިވި ސިޔާސަތެއްގެ ގޮތުގައި ހިފެހެއްޓުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރު މަޖިލީހުން ބަލައިގަތުން

ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، އެންޓި-ޑިފެކްޝަން ބިލު މަޖިލީހުން ބަލައިގަނެ، ދިރާސާކުރެއްވުމަށްޓަކައި 7 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުއްވުން

ސަރުކާރުގެ ފަރާތުން، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވާފައިވާ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު މަޖިލީހުން ބަލައިގަތުމާ ގުޅޭގޮތުން ވޯޓަށް އެއްސެވުން. މި ބިލު މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވި



ޖަލްސާގައި ކުރެވުނު މަސައްކަތްތައް

ޤަރާރު
ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 މެންބަރުން ވަޒީރުންގެ މަޖިލީހަށް އަލުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާތީ ހުށަހަޅާ ޤަރާރު

ކޮމިޓީ މަރުޙަލާ

ޤަރާރު
ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް، އެއީ ދެމެހެއްޓެނިވި ސިޔާސަތެއްގެ ގޮތުގައި ހިފެހެއްޓުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރު

މަޖިލީހުން ފާސްކޮށްފައި

ބިލު
ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު

ބަލައިގަތުމަށް ފާހެއްނުވި

ސުވާލު
މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން، މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ ޢަބްދުﷲ ޚަލީލްއާ ކުރައްވާ ސުވާލު (ލިޔުން ނަންބަރު: 259)

މަޖިލީހުގެ މަސައްކަތް ނިމިފައި

ސުވާލު
މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން، މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ ޢަބްދުﷲ ޚަލީލްއާ ކުރައްވާ ސުވާލު (ލިޔުން ނަންބަރު: 260)

މަޖިލީހުގެ މަސައްކަތް ނިމިފައި

ސުވާލު
ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ، މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ ޢަބްދުﷲ ޚަލީލްއާ ކުރައްވާ ސުވާލު (ލިޔުން ނަންބަރު: 262)

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
ޖަލްސާގެ ވަގުތު އިތުރުކުރުމާމެދު ނެގުނު ވޯޓު

މަޖިލީހުގެ މަސައްކަތް ނިމިފައި

ޖަލްސާ ބެއްލެވުމަށް

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA