ޖަލްސާގެ ނަން

2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/20/1/2024

ޚާޒިރީ

މެންބަރުން ތަފްސީލް

ތާރީހު

ހޯމަ 1 އޭޕްރީލު 2024 10:30

ތަން

ރައްޔިތުންގެ މަޖިލިސް

ދައުރު

2024ވަނަ އަހަރުގެ ފުރަތަމަ ދައުރު

ޖަލްސާގެ ޚުލާސާ

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ މަޖިލީހުން ބަލައިގަނެ ބަހުސް ކުރިއަށްގެންދެވުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ޤާނޫނު ނަންބަރު 20/2021 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން

އެންޓި-ޑިފެކްޝަން ބިލު ދިރާސާކުރުމަށް ހޮއްވެވި 7 މެންބަރުންގެ ވަގުތީ ކޮމިޓީން އެ ބިލު ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު، ބިލު މަޖިލީހުން ފާސްކުރެއްވުން

އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވެފައިވާތީ، އެ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، މ.މުލައް/މުސްތަރީގެ، އަލްފާޟިލް ޙަސަން ޒަކަރިއްޔާގެ ނަންފުޅު މަޖިލީހުން ފާސްކުރެއްވުން

އިޒްރާއީލުން ފަލަސްޠީނުގެ އެކި ސަރަޙައްދުތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތައް ކުށްވެރިކޮށް އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލައި ފަލަސްޠީނުގައި އިންސާނީ ޙައްޤުތައް ކަށަވަރުކޮށް، އިޒްރާއީލުން ފަލަސްޠީނުގެ ރައްޔިތުންގެ ކިބައިން ފޭރިގެންފައިވާ އެންމެހައި ބިންތަކުން ފައިބައި، އަދި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލައި ހުށަހަޅާ ޤަރާރު، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު ޤަރާރު މަޖިލީހުން ފާސްކުރެއްވުން


  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ
ޖަލްސާ ބެއްލެވުމަށް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA