ޖަލްސާގެ ނަން

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 55 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/55/2024

ދައުރު

2024ވަނަ އަހަރުގެ ތިންވަނަ ދައުރު

ތާރީހު

ބުދަ 27 ނޮވެމްބަރު 2024 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބްއާ ސުވާލުކުރެއްވުން.

ސަރުކާރުގެ ފަރާތުން، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްކުރިއަށް ގެންދަވައި، ބިލު މަޖިލީހުން ބަލައިގަތުން.

2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްކުރިއަށް ގެންދަވައި، ރިޕޯޓަށް މަޖިލީހުން ގެންނެވި އިޞްލާޙާއެކު ފާސްކުރެއްވުން.

އަރބަން ޑިވެލޮޕްމަންޓްގެ ބިލު، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދަވައި، ބިލު މަޖިލީހުން ފާސްކުރެއްވުން.

ދައުލަތުގެ ދަރަންޏާބެހޭ ބިލު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި، ބިލު މަޖިލީހުން ފާސްކުރެއްވުން.

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި، ބިލު މަޖިލީހުން ފާސްކުރެއްވުން.

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު، 15 ޑިސެންބަރު 2024 ގެ ނިޔަލަށް އިތުރުކުރެއްވުން.

ޖަލްސާ ބެއްލެވުމަށް

ފޮޓޯ ގެލަރީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 55 ވަނަ ޖަލްސާ

27 ނޮވެމްބަރު 2024

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA