ސަރުކާރުގެ ފަރާތުން، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރިޔާޟް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވައި، ބިލު މަޖިލީހުން ބަލައިގަތުން.
ރިޕަބްލިކް އޮފް ދަ ފިލިޕީންސްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި، ރިޕަބްލިކް އޮފް ދަ ފިލިޕީންސްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، މ.ރުއްފުށި، ޑޮކްޓަރ މަރްޔަމް ޝަބީނާ އަޙްމަދުގެ ނަންފުޅު މަޖިލީހުން ފާސްކުރެއްވުން.
ކިންގްޑަމް އޮފް ސްޕެއިންއަށާއި، ނިއުޒިލޭންޑްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުން ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި، ކިންގްޑަމް އޮފް ސްޕެއިންއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، ހ.އޯކިޑް، އަލްފާޟިލާ އިރުތިޝާމް އާދަމް އަދި ނިއުޒިލޭންޑްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، މއ.ދިލާސާގެ، އަލްފާޟިލް މުޙައްމަދު ލުވޭޒުގެ ނަންފުޅު މަޖިލީހުން ފާސްކުރެއްވުން.
މަޖިލީހުން ފާސްކޮށްފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާ
12 މާރިޗު 2025
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA