2025 ވަނަ އަހަރުގެ ދެވަނަ ދައުރު

2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 27 ވަނަ ޖަލްސާ

އަންގާރަ 19 އޯގަސްޓު 2025

9:00

ރައްޔިތުންގެ މަޖިލިސް

އެޖެންޑާ ނަންބަރު އޖ/27/2/2025

ޖަލްސާގެ ޚުލާސާ

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 208 ވަނަ މާއްދާގެ ދަށުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ އިމްތިޔާޒުގެ މައްސަލަ ހުށަހެޅުއްވުން. މި މައްސަލަ މަޖިލީހުގައި ބަހުސްކުރުމަށް ފާހެއްނުވި.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 190 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ހިޔުމަން ރައިޓްސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވުން.

ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި، ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުން.

ސަރުކާރުގެ ފަރާތުން، ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ރީ-އެމްޕްލޯއިމަންޓްގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން.


ޖަލްސާ ބެއްލެވުމަށް

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA