2025 ވަނަ އަހަރުގެ ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ ޖަލްސާ
2025 ވަނަ އަހަރު ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ ޖަލްސާ (4)
ބުދަ 27 އޯގަސްޓު 2025
9:00
ރައްޔިތުންގެ މަޖިލިސް
އެޖެންޑާ ނަންބަރު އޖ/2025/20/ޚޞ/4
ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު، ޤާނޫނު ނަންބަރު 4/2012 (ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލާމެދު އަލުން ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައިގެ ބަހުސް ކުރިއަށް ގެންދަވައި، ބިލު އިތުރަށް ފުރިހަމަކުރުމަށް ކަމާގުޅޭ ކޮމިޓީއަށް ފޮނުއްވުމަށް މަޖިލީހުން ފާސްކުރެއްވުން.
ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވައި ބިލު މަޖިލީހުން ބަލައިގަތުން.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 190 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ހިޔުމަން ރައިޓްސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށް ގެންދެވުމަށްފަހު، ކޮމިޝަންގެ މެންބަރުކަމަށް، ކޮމިޓީން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތުގެ ނަންފުޅު މަޖިލީހުން ފާސްކުރެއްވުން.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ސިވިލް ސަރވިސް ކޮމިޝަނަށް 3 މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށް ގެންދެވުމަށްފަހު، ކޮމިޝަންގެ މެންބަރުކަމަށް، ކޮމިޓީން އެންމެ މަތިން މާކްސް ލިބިފައިވާ 3 ނަންފުޅު މަޖިލީހުން ފާސްކުރެއްވުން.
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ބޯޑަށް 4 މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށް ގެންދެވުމަށްފަހު، ކޮމިޝަންގެ މެންބަރުކަމަށް، ކޮމިޓީން އެންމެ މަތިން މާކްސް ލިބިފައިވާ 4 ނަންފުޅު މަޖިލީހުން ފާސްކުރެއްވުން.
ކޮމިޓީ މަރުޙަލާ
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
2025 ވަނަ އަހަރު ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ ޖަލްސާ 4
27 އޯގަސްޓު 2025
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA