އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

4 ޖޫން 2024 11:30 ނަންބަރު 2

ޚުލާސާ

މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަންކަމުގެ ތެރެއިން ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ކޮމިޓީގެ ޤާނޫނީ ޢަދަދު ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި ކޮމިޓީގެ ޤާނޫނީ ޢަދަދަކީ 6 މެންބަރުން ކަމުގައި ކަނޑައެޅުމަށް ތިނަދޫ އުތުރު ދާއިރާ މެންބަރު ސަޢުދުﷲ ޙިލްމީ ހުށަހަޅައި ކެންދޫ ދާއިރާ މެންބަރު މަޢުރޫފް ޛާކިރު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.

ވޯޓު: ކޮމިޓީގެ ޤާނޫނީ ޢަދަދަކީ 6 މެންބަރުން ކަމުގައި ކަނޑައެޅުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 9

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 9

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ ޤާނޫނީ ޢަދަދަކީ 6 މެންބަރުން ކަމުގައި ކަނޑައެޅުއްވިއެވެ.

 

ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 163 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މީހުން ހާޒިރުކުރުމަށް ބޭއްވޭ ކޮމިޓީގެ ބައްދަލުވުމެއްގެ ޤާނޫނީ ޢަދަދު ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި މީހުން ހާޒިރުކުރުމަށް ބޭއްވޭ ކޮމިޓީގެ ބައްދަލުވުމެއްގެ ޤާނޫނީ ޢަދަދަކީ 6 މެންބަރުން ކަމަށް ކަނޑައެޅުމަށް ތިނަދޫ އުތުރު ދާއިރާ މެންބަރު ސަޢުދުﷲ ޙިލްމީ ހުށަހަޅައި ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހީމް ނާޒިލް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.

ވޯޓު: މީހުން ހާޒިރުކުރުމަށް ބޭއްވޭ ކޮމިޓީގެ ބައްދަލުވުމެއްގެ ޤާނޫނީ ޢަދަދަކީ 6 މެންބަރުން ކަމަށް ކަނޑައެޅުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 9

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 9

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މީހުން ހާޒިރުކުރުމަށް ބޭއްވޭ ކޮމިޓީގެ ބައްދަލުވުމެއްގެ ޤާނޫނީ ޢަދަދަކީ 6 މެންބަރުން ކަމަށް ކަނޑައެޅުއްވިއެވެ.


ތިންވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ކޮމިޓީން އެއްވެސް ކަމެއް ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދު ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން، އަދަދެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން 2 ހުށަހެޅުމެއް ހުށަހެޅުނެވެ. އެއީ؛

  1. ކޮމިޓީން އެއްވެސް ކަމެއް ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދަކީ 6 މެންބަރުން ކަމަށް ކަނޑައެޅުމަށް ތިނަދޫ އުތުރު ދާއިރާ މެންބަރު ސަޢުދުﷲ ޙިލްމީ ހުށަހަޅައި ކާށިދޫ ދާއިރާ މެންބަރު މުންތަޡިމް އިބްރާހީމް ތާއީދުކުރެއްވި ހުށަހެޅުން؛ އަދި
  2. ކޮމިޓީން އެއްވެސް ކަމެއް ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދަކީ 7 މެންބަރުން ކަމަށް ކަނޑައެޅުމަށް ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅައި ކަނޑިތީމު ދާއިރާ މެންބަރު އަމީން ފައިޞަލް ތާއީދުކުރެއްވި ހުށަހެޅުން.

ހުށަހެޅުމަށް ތާއީދު ލިބިފައިވާ ތަރުތީބު ފުރަތަމަ ވޯޓަށް އެއްސެވީ ކޮމިޓީން އެއްވެސް ކަމެއް ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދަކީ 6 މެންބަރުން ކަމަށް ކަނޑައެޅުމަށް ތިނަދޫ އުތުރު ދާއިރާ މެންބަރު ސަޢުދުﷲ ޙިލްމީ ހުށަހަޅައި ކާށިދޫ ދާއިރާ މެންބަރު މުންތަޡިމް އިބްރާހީމް ތާއީދުކުރެއްވި ހުށަހެޅުއްވުމަށެވެ. އެގޮތުން އެ ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.

ވޯޓު: ކޮމިޓީން އެއްވެސް ކަމެއް ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދަކީ 6 މެންބަރުން ކަމަށް ކަނޑައެޅުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 6

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 3

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 9

ފާސްވުމަށް ބޭނުންވާ ޢަދަދު: 05

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ކޮމިޓީން އެއްވެސް ކަމެއް ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދަކީ 6 މެންބަރުން ކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ ހުށަހެޅުން ފާސްވެފައިވާތީ، ދެވަނަ ހުށަހެޅުމަށް ވޯޓަށް އައްސަވާފައެއް ނުވެއެވެ.


ހަތަރުވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 151 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮމިޓީއަށް ފޮނުވޭ މައްސަލަތައް ފިޔަވައި، ކޮމިޓީއަށް ހުށަހެޅޭ އެހެނިހެން މައްސަލަތަކާމެދު ޢަމަލުކުރާނެ އުސޫލު ކަނޑައެޅުމުގެ މަސައްކަތެވެ. (ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 151 ވަނަ މާއްދާގެ (ށ)) އެގޮތުން، ކޮމިޓީއަށް ހުށަހެޅޭ އެހެނިހެން މައްސަލަތަކާމެދު އަންނަނިވި ގޮތަށް ޢަމަލުކުރުމަށް ފެންނަގޮތް އިދާރީގޮތުން ކޮމިޓީއަށް ހުށަހަޅައި، އެފަދައިން ކުރިއަށް ދިއުމަށް ކޮމިޓީގެ މެންބަރުން ނިންމިއެވެ.

  1. ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ މައްސަލަތަކާއި ފޮނުވާ ސިޓީތައް ކޮމިޓީގެ ސެކްރެޓޭރިއެޓުން ކޮމިޓީގެ މުޤައްރިރާ ހިއްސާކުރުމުން، އެ ސިޓީއަށް ދިނުމަށް ކޮމިޓީގެ މުޤައްރިރަށް ފެންނަ ޖަވާބަކާއިއެކު އެ ސިޓީ ކޮމިޓީގެ ހުރިހާ މެންބަރުންނާ ހިއްސާކުރުމަށްފަހު، އެ ޖަވާބަށް އެއްވެސް މެންބަރަކު އިޢުތިރާޒު ނުކުރާނަމަ، އެ ސިޓީ ފޮނުވި ފަރާތަށް ސިޓީގެ ޖަވާބު ފޮނުވަންވާނެއެވެ. އެ ސިޓީއަށް ދިނުމަށް ކޮމިޓީގެ މުޤައްރިރު ނިންމާފައިވާ ޖަވާބަށް އެއްވެސް މެންބަރަކު އިޢުތިރާޒުކޮށްފިނަމަ، އެ ސިޓީއާމެދު ގޮތެއް ނިންމުމަށް ކޮމިޓީގެ ބައްދަލުވުމެއްގައި އެޖެންޑާކުރަންވާނެއެވެ. އެގޮތުން، ކޮމިޓީއަށް ސިޓީ ލިބޭތާ ގިނަވެގެން 4 ހަފްތާ ތެރޭގައި އެ މައްސަލަ ބަލައި ނިންމަންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި މައްސަލައިގައި ނިންމުމެއް ނިންމިފައިނުވާނަމަ، އެ މައްސަލައިގައި ކަންހިނގަމުންދާގޮތް އެ ސިޓީ ފޮނުވި ފަރާތަށް އަންގަންވާނެއެވެ.
  2. ކޮމިޓީގެ ބައްދަލުވުމެއް ހިނގަމުން ދަނިކޮށް އެ ބައްދަލުވުމުގައި އެވަގުތު ހިނގަމުންދާ މައްސަލައާ ގުޅުމެއް ނެތް މައްސަލައެއް، ކޮމިޓީގައި ހިމެނޭ މެންބަރަކު ހުށަހަޅައިފިނަމަ، އެ މައްސަލަ ކުރިޔަށްގެންދާނީ ކޮމިޓީގެ މެންބަރުން އެކަމަށް އިޢުތިރާޒުނުކުރާނަމައެވެ. ނުވަތަ ވޯޓެއް ނަގައި ކޮމިޓީން އެކަން ފާސްކުރުމަށް ފަހުގައެވެ.
  3. ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން، ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ފަރުދުންނާއި އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން، ލިޔުމުން ނުވަތަ ކޮމިޓީއަށް ހާޒިރުކޮށްގެން މަޢުލޫމާތު ހޯދިދާނެއެވެ.
  4. ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން، ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ފަރުދުންނާއި އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން، ލިޔުމުން ނުވަތަ ކޮމިޓީއަށް ހާޒިރުކޮށް މައްސަލައިގެ މަސައްކަތް ކޮމިޓީން ނިންމުމަށްފަހު، އެ މައްސަލައިގައި ނިންމި ގޮތް މައްސަލަ ހުށަހެޅި ފަރާތާ ހިއްސާކުރަންވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ރިޢާޔަތްކޮށްދިނުމަށް އެދި މައްސަލަ ފޮނުވުމަށް ކޮމިޓީން ބޭނުންވާނަމަ، އެ ނިންމުން ނިންމަންވާނީ ކޮމިޓީގެ މެންބަރުން އެކަމަށް އިޢުތިރާޒުނުކުރާނަމައެވެ. ނުވަތަ ވޯޓެއް ނަގައި ކޮމިޓީން އެކަން ފާސްކުރުމަށް ފަހުގައެވެ.ގެން މަޢުލޫމާތު ހޯދިދާނެއެވެ.
  5. ދައުލަތުގެ އެހެން އިދާރާއަކަށް ފޮނުވާފައިވާ ސިޓީއެއް އެއްވެސް ފަރާތަކުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ކޮޕީކޮށް ފޮނުވާފައިވާނަމަ، އެ ސިޓީއެއް ކޮމިޓީގެ މެންބަރުންނާ ހިއްސާކުރުމަށްފަހު، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ނުފެންނަމަ އެ މައްސަލައަކީ ނިމިފައިވާ މައްސަލައެއްކަމުގައި ކަނޑައަޅައި އެ މައްސަލަ ފައިލްކުރެވިދާނެއެވެ. އަދި ކޮޕީކޮށް ފޮނުވާފައިވާ ސިޓީގައި އެޑްރެސްކޮށްފައިވާ އިދާރާއިން ސިޓީގައި ބަޔާންކޮށްފައިވާ މައްސަލައިގައި އެ އިދާރާއިން އަޅުއްވާފައިވާ ފިޔަވަޅުތައް ނުވަތަ ސިޓީ ފޮނުވި ފަރާތަށް އެ އިދާރާއިން ދެއްވާފައިވާ ޖަވާބު ލިޔުމުން ހޯދަންވާނެއެވެ.

މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.

ވޯޓު: ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 151 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮމިޓީއަށް ފޮނުވޭ މައްސަލަތައް ފިޔަވައި، ކޮމިޓީއަށް ހުށަހެޅޭ އެހެނިހެން މައްސަލަތަކާމެދު ޢަމަލުކުރާނެ އުސޫލު ކަނޑައެޅުން.

ވޯޓުގެ ނަތީޖާ:

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 7

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 7

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 7

ފާސްވުމަށް ބޭނުންވާ ޢަދަދު: 05

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 151 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮމިޓީއަށް ފޮނުވޭ މައްސަލަތައް ފިޔަވައި، ކޮމިޓީއަށް ހުށަހެޅޭ އެހެނިހެން މައްސަލަތަކާމެދު ޢަމަލުކުރާނެ އުސޫލު ކަނޑައެޅުއްވިއެވެ.


ފަސްވަނަ ކަމަކަށް ކުރިއަށް ގެންދެވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުނުއިރު ކޮމިޓީގައި ނުނިމިހުރި ޢާންމު ފަރާތްތަކުން ފޮނުވާފައިވާ މައްސަލަތަކާއި ނުނިމިހުރި އެހެނިހެން މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން، މުދާ އެތެރެކުރާ ބޯޓު ފަހަރުން ދިވެހި ރުފިޔާއިން ނަގަމުން އަންނަ ފީތައް (ސްޓީވްޑޯރިންގ ޗާރޖް) އެޕްރީލް މަހުން ފެށިގެން ޑޮލަރުން ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނިންމުމާ ގުޅިގެން އެ މައްސަލަ ކޮމިޓީގެ ސަމާލުކަމަށް ގެނެސްދީ، ވިޔަފާރިވެރިންގެ ކަންބޮޑުވުން އިންތިހާއަށްއޮތް އެ މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަންގެ ކަންބޮޑުވުންތައް ކޮމިޓިގެ މެންބަރުންނާ ހިއްސާކުރުމަށް ބައްދަލުވުމެއް ހަމަޖައްސަވައިދެއްވުން އެދި ފޮނުވާފައިވާ އެ އެސޯސިއޭޝަނުން ފޮނުއްވާފައިވާ މައްސަލައާމެދު މަޝްވަރާކުރެއްވުމަށްފަހު، މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން އާ ބައްދަލުކުރުމަށްފަހު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބޭފުޅުންނާ ބައްދަލުކުރުމަށް ތިނަދޫ އުތުރު ދާއިރާ މެންބަރު ސަޢުދުﷲ ޙިލްމީ ހުށަހަޅައި ފޭދޫ އުތުރު ދާއިރާ މެންބަރު އިސްމާޢީލް ނިޒާރު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.

ވޯޓު: މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން އިން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން އާ ބައްދަލުކުރުމަށްފަހު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބޭފުޅުންނާ ބައްދަލުކުރުމަށް.

ވޯޓުގެ ނަތީޖާ:

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 8

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 8

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 8

ފާސްވުމަށް ބޭނުންވާ ޢަދަދު: 05

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން އިން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން އާ ބައްދަލުކުރުމަށްފަހު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބޭފުޅުންނާ ބައްދަލުކުރުމަށް ނިންމެވިއެވެ.


މީގެ އިތުރުން، ޢާންމު ފަރާތްތަކުން ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން ޢާންމު ކޮމިޓީން ކޮމިޓީގެ ނަންބަރު 57-F/AM/PMC/2024/37 ސިޓީގައި ބަޔާންކޮށްފައިވާ އާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، އެހެން ގައުމުތަކުގައި ޢަމަލުކުރަމުންދާގޮތާގުޅޭ ދިރާސާއެއްކުރުމަށާއި، އެކަމަކީ ގައުމީ ސަލާމަތާވެސް ގުޅުންހުރިކަމެއްކަމަށް ފާހަގަކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއަށް ފޮނުވާފައިވާ ސިޓީގެ ޖަވާބު ލިބުމުން މި މައްސަލަ ކުރިއަށް ގެންދެވުމަށް ނިންމިއެވެ.


ފަހު ކަމަކަށް ކުރިއަށް ގެންދެވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުނުއިރު ކޮމިޓީގައި ނުނިމިހުރި އެހެނިހެން މައްސަލަތަކުގެ ތެރެއިން، ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ އިދާރާތަކުން ފޮނުވާފައިވާ އަހަރު ރިޕޯޓުތައް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން، އަހަރު ރިޕޯޓުތައް އޮޑިޓަރ ޖެނެރަލްގެ އޮފީހާ ޙިއްސާކޮށް އަހަރު ރިޕޯޓުތަކުން އިތުރަށް ރަނގަޅު ކުރައްވަންޖެހޭ ކަމެއް ނުވަތަ އިޞްލާޙުކުރައްވަންޖެހޭ ކަމެއް ވާނަމަ، އެކަމެއް ލިޔުމުން ފޮނުއްވައިދެއްވުމަށްއެދި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅައި ކަނޑިތީމު ދާއިރާ މެންބަރު އަމީން ފައިޞަލް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.

ވޯޓު: އަހަރު ރިޕޯޓުތަކުން އިތުރަށް ރަނގަޅު ކުރައްވަންޖެހޭ ކަމެއް ނުވަތަ އިޞްލާޙުކުރައްވަންޖެހޭ ކަމެއް ވާނަމަ، އެކަމެއް ލިޔުމުން ފޮނުއްވައިދެއްވުމަށްއެދި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް.

ވޯޓުގެ ނަތީޖާ:

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 8

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 8

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 8

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން އަހަރު ރިޕޯޓުތަކުން އިތުރަށް ރަނގަޅު ކުރައްވަންޖެހޭ ކަމެއް ނުވަތަ އިޞްލާޙުކުރައްވަންޖެހޭ ކަމެއް ވާނަމަ، އެކަމެއް ލިޔުމުން ފޮނުއްވައިދެއްވުމަށްއެދި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމެވިއެވެ.


ބައްދަލުވުމުގެ ހާޒިރީ

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ވަޑައިގެންނެވި

ޢަލީ މޫސާ

ހޯރަފުށި ދާއިރާ

ވަޑައިގެންނެވި

އަމީން ފައިޞަލް

ކަނޑިތީމު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ވަޑައިގެންނެވި

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ވަޑައިގެންނެވި

މުންތަޡިމް އިބްރާހީމް

ކާށިދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ވަޑައިގެންނެވި

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ސިޔާމް މުޙައްމަދު

މީދޫ ދާއިރާ

ވަޑައިނުގަންނަވާ

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ވަޑައިގެންނެވި

ސަޢުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

4 ޖޫން 2024

ކޮމިޓީއާއި ގުޅޭ ޢާންމު އުޞޫލުތައް ކަނޑައެޅުން

ކޮމެޓީ މަސައްކަތް ނިމިފައި

4 ޖޫން 2024

ޢާންމު ކޮމިޓީން 08 މެއި 2024 ފޮނުވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

4 ޖޫން 2024

ޢާންމު ކޮމިޓީން 09 މެއި 2024 ފޮނުވާފައިވާ މައްސަލަ

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    10
  • ވަޑައިނުގަންނަވާ
    01
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA