ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

24 ޖޫން 2024 11:05

ނަންބަރު

3

މާލިއްޔަތު ކޮމިޓީގެ 2024 ވަނަ އަހަރުގެ 03 ވަނަ ބައްދަލުވުން (ސިއްރު)

ޚުލާސާ

ދައުލަތުގެ މާލީ އަދި އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ބޭފުޅުންނާ ބައްދަލުކުރައްވަން ނިންމަވާފައިވީނަމަވެސް، މިނިސްޓަރަށް ވަޑައިގެންނެވެން ނެތުމުގެ ސަބަބުން މި ބައްދަލުވުން ފަހުގެ ތާރީޚަކަށް ތާވަލުކުރައްވަން ނިންމަވާ، އެ މިނިސްޓްރީން ލިޔުމުން ފޮނުއްވާފައިވާ މަޢުލާމާތު ކޮމިޓީގައި މަޝްވަރާކުރެއްވިއެވެ. އަދި މި މަޢުލޫމާތު މަޝްވަރާ ކުރައްވަމުން ގެންދަވާ ވަގުތު ކޮމިޓީ ސިއްރު ކުރެއްވުމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ހުށަހަޅުއްވައި، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ތަޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

ވޯޓުގެ ނަތީޖާ: ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރުމަށް.

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 8

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 2

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 6

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ދައުލަތުގެ މާލީ އަދި އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އިން ފޮނުއްވާފައިވާ މަޢުލޫމާތު ސިއްރު ބައްދަލުވުމެއްގެ ގޮތުގައި މަޝްވަރާކުރުމަށް ނިންމެވިއެވެ.


 އެއަށްފަހު، ދައުލަތުގެ މާލީ އަދި އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ހުށަހަޅުއްވައި، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ތަޢީދުކުރެއްވި ހުށަހެޅުމަށް އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރައްވާތީ އެގޮތަށް ފާސްވިއެވެ.

 މި އިދާރާތަކުގެ އިތުރުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވަން ފެންނަކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަޙްމަދު ޝަމްހީދު ހުށަހަޅުއްވައި، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

ވޯޓުގެ ނަތީޖާ: ދައުލަތުގެ މާލީ އަދި އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވަން ފެންނަކަމަށް.

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 6

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ދައުލަތުގެ މާލީ އަދި އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވަން ނިންމެވިއެވެ.

 

އޭގެ އިތުރުން، ދައުލަތުގެ އިޤްތިޞާދީ ހާލަތު ދެނެގަތުމުގެ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވައި، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ތަޢީދުކުރެއްވި ހުށަހެޅުމަށް އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރައްވާތީ އެގޮތަށް ފާސްވިއެވެ.


އެއަށްފަހު، ކޮމިޓީގެ މެންޑޭޓްގެ ދަށުން ކޮމިޓީއަށް ހުށަހެޅޭ އޮޑިޓް ރިޕޯޓްތައް ދިރާސާކުރުމާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން، އޮޑިޓް ރިޕޯޓްތައް ދިރާސާކުރުމަށް 5 މެންބަރުންގެ ސަބް ކޮމިޓީއެއް އެކުލަވާލުމަށާއި، އެ ކޮމިޓީގައި ތިރީގައިވާ މެންބަރުން ހިމެނުމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވިއެވެ. މި ހުށަހެޅުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތަޢީދުކުރެއްވިއެވެ.

1.     ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް

2.     ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ

3.     ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް

4.     ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް

5.     ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު


 މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

ވޯޓުގެ ނަތީޖާ: އޮޑިޓް ރިޕޯޓްތައް ދިރާސާކުރެއްވުމަށް މަތީގައިވާ 5 މެންބަރުން ހިމަނައިގެން ސަބް-ކޮމިޓީއެއް އެކުލަވާލުމަށް.

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 6

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، އޮޑިޓް ރިޕޯޓްތައް ދިރާސާކުރެއްވުމަށް 5 މެންބަރުންގެ ސަބް-ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތް އެ ކޮމިޓީއާ ޙަވާލުކުރުމަށް ނިންމެވިއެވެ.

 


ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA