މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީގެ ގުޅިފައިވާ ސަބް ކޮމިޓީ
28 އޮކްޓޯބަރު 2024 16:00 ނަންބަރު 2
މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ސަރުކާރުގެ ފަރާތުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، ބިލުގެ 1 ވަނަ މާއްދާ އިން ފެށިގެން ބިލުގެ ނިޔަލަށް ދިރާސާކުރެއްވިއެވެ. އެގޮތުން އިދާރާތަކުން ބިލަށް ހުށަހަޅާފައިވާ އިޞްލާޙުތަކުގެ ތެރެއިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ހުށަހަޅުއްވާފައިވާ އިޞްލާޙުތަކަށް ރިޢާއަތްކޮށް ބިލުގެ 1 ވަނަ މާއްދާ އަދި 2 ވަނަ މާއްދާ އިޞްލާޙުކުރައްވައި، ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު ގައި ދީފައިވާ އިސްތިސްނާގެ ތެރެއަށް ކެފޭ ހިމަނައި އެ މާއްދާ އިޞްލާޙުކުރުމަށް ބިލަށް މާއްދާއެއް އިތުރުކުރުމަށް ވެސް ނިންމެވިއެވެ.
ބިލަށް ކޮމިޓީން ގެންނެވި އިޞްލާޙުތަކަށް ފަހު، ބިލު ކޮމިޓީން ފާސްކުރުމަށް ހުޅުވާލި ފުރުޞަތުގައި، ބިލަށް ހުށަހެޅުނު އިޞްލާޙުތަކާއި އެކު މުޅި ބިލު ފާސްކުރުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.
ދެން ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ މަސައްކަތެވެ. އެގޮތުން ހުޅުވާލި ފުރުޞަތުގައި، ކޮމިޓީއަށް ފޮނުވިފައިވާ ގޮތައް ބިލު ފާސްކުރުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވައި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޢްލަބިއްޔަތުން ފާސްވިއެވެ.
އެއަށްފަހު، ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 2016/29 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާރުމުގެ މަސައްކަތެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި ކޮމިޓީއަށް ފޮނުވިފައިވާ ގޮތައް ބިލު ފާސްކުރުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވައި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޢްލަބިއްޔަތުން ފާސްވިއެވެ.
ފަހު ކަމަކަށް ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، ބިލުގެ 2 ވަނަ މާއްދާ 4 ވަނަ މާއްދާއަށް ކޮމިޓީން އިޞްލާޙުގެންނެވިއެވެ.
ބިލަށް ކޮމިޓީން ގެންނެވި އިޞްލާޙުތަކަށް ފަހު، ބިލު ކޮމިޓީން ފާސްކުރުމަށް ހުޅުވާލި ފުރުޞަތުގައި، ބިލަށް ހުށަހެޅުނު އިޞްލާޙުތަކާއި އެކު މުޅި ބިލު ފާސްކުރުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވައި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޢްލަބިއްޔަތުން ފާސްވިއެވެ.
މި ބައްދަލުވުމުގައި ހުށަހެޅުނު ހުށަހެޅުއްވުންތަކަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
ޢަލީ މޫސާ
ހޯރަފުށި ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ވަޑައިގެންނެވި
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
ވަޑައިގެންނެވި
އަމީން ފައިޞަލް
ކަނޑިތީމު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަފޫ ޙާމިދު
ކެނދިކުޅުދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިގެންނެވި
މަޢުރޫފް ޛާކިރު
ކެންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ވަޑައިގެންނެވި
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ވަޑައިގެންނެވި
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
ވަޑައިގެންނެވި
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
29 އޮކްޓޯބަރު 2024
ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު
ކޮމެޓީ މަސައްކަތް ނިމިފައި
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA