އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ 2025 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

25 ފެބްރުއަރީ 2025 10:00 ނަންބަރު M20/M/EC/2025/2

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ އެކިއެކި މައްސަލަތަކާ ގުޅިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލައާ ގުޅިގެން މެއިންލޭންޑް ޝިޕިންގ ޕވޓ. ލޓޑގެ ބޭފުޅުންނާ ބައްދަލުކުރުމެވެ. އެގޮތުން، މި މައްސަލައިގައި ޖޫރިމަނާ ނުދައްކާ ސަބަބާއި، އެޖެންޓުންގެ ޒިންމާއާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ސުވާލުކުރެއްވިއެވެ.

 އެ ކުންފުނީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ ބައި ނިންމާލެއްވުމަށްފަހު، އެ މައްސަލަ އިތުރަށް ދިރާސާކުރެއްވުމުގެ ގޮތުން މުގައްރިރު ކޮމިޓީގެ ޚިޔާލަށް ހުޅުވާލެއްވިއެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި، އެ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ފޮނުވާފައިވާ ސިޓީގައި، ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކުން އެ ފައިސާ ނުދައްކާ ހާލަތުގައި އެފަރާތްތަކުން ދިވެހިރާއްޖޭގައި ކުރާ ވިޔަފާރިތަކާމެދު އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން އެ މިނިސްޓްރީން އިކޮނޮމިކް މިނިސްޓްރީއާއެކު އެއްވެސް މަޝްވަރާއެއްކުރައްވާފައިނުވާކަން ފާހަގަކުރައްވާފައިވާތީ، އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުން ހާޒިރުކުރުމުގެ ބަދަލުގައި އަލުން އެންވަޔަރަންމަންޓް މިނިސްޓްރީ ކޮމިޓީއަށް ހާޒިރުކުރުމަށާއި އަދި މިއަދު ބައްދަލުވުމުގައި، މިފަދަ މައްސަލަތަކުގައި އެޖެންޓުންގެ ޒިންމާއެއް ނެތް ކަމަށް މެއިންލެންޑް ޝިޕިންގ އިން،  ފާހަގަކޮށްފައިވާތީ، މި ކަމުގައި ކަން އޮންނަ ގޮތް ސާފުކުރުމަށް، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކަމާ ގުޅޭ ބޭފުޅުން ހާޒިރުކުރުމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ އިބްރާހީމް ހުށަހެޅުއްވިއެވެ.

އެ ހުށަހެޅުމަށް ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު ތާއީދުކުރެއްވި ނަމަވެސް، ބަދަލުތަކަކާއެކު އާ ހުށަހެޅުމެއް ހުށަހެޅުއްވިއެވެ. އެގޮތުން، ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ އެކިއެކި މައްސަލަތަކާ ގުޅިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލައިގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އެޓަރނީ ޖެނެރަލްގެ އޮފީސް އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ކަމާ ގުޅޭ ބޭފުޅުން އެއް ބައްދަލުވުމަކަށް ހާޒިރުކުރުމަށް ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު ހުށަހަޅުއްވައި، ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ވަޙީދު ތާއީދުކުރެއްވިއެވެ.

ދެން އަންނަ ބައްދަލުވުމެއްގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އެޓަރނީ ޖެނެރަލްގެ އޮފީސް އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ކަމާ ގުޅޭ ބޭފުޅުންނާ ބައްދަލުކުރައްވަން ނިންމަވައި، މިއަދުގެ ބައްދަލުވުން ނިންމާލެއްވިއެވެ.


ބައްދަލުވުމުގެ ހާޒިރީ

ޢަބްދުﷲ ރިފާޢު

މާފަންނު ދެކުނު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މުޞްޠަފާ އިބްރާހީމް

މާފަންނު ހުޅަނގު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ސިރުހާން

ހިތާދޫ ދާއިރާ

ވަޑައިގެންނެވި

ޙަސަން ޒަރީރު

މަތިވެރި ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ނިއުޝާދު

ކެޔޮދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނައުފަލް

މުލަކު ދާއިރާ

ވަޑައިގެންނެވި

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު އަލްސަން އަޙްމަދު

ތިނަދޫ ދެކުނު ދާއިރާ

ވަޑައިގެންނެވި

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ވަޑައިގެންނެވި

ޢަބްދުﷲ ޝަޛީމް

ހުޅުމާލެ މެދު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

ޢަބްދުﷲ ރިފާޢު

މާފަންނު ދެކުނު ދާއިރާ

ކޮމިޓީގެ ރިޔާސަތު

މުޙައްމަދު މުޞްޠަފާ އިބްރާހީމް

މާފަންނު ހުޅަނގު ދާއިރާ

ފެންނަކަމަށް

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު ސިރުހާން

ހިތާދޫ ދާއިރާ

ހާޒިރުވެނެތް

ޙަސަން ޒަރީރު

މަތިވެރި ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު ނިއުޝާދު

ކެޔޮދޫ ދާއިރާ

ހާޒިރުވެނެތް

އިބްރާހީމް ނައުފަލް

މުލަކު ދާއިރާ

ހާޒިރުވެނެތް

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

މުޙައްމަދު އަލްސަން އަޙްމަދު

ތިނަދޫ ދެކުނު ދާއިރާ

ފެންނަކަމަށް

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

ޢަބްދުﷲ ޝަޛީމް

ހުޅުމާލެ މެދު ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
5
ވޯޓުދިން މެންބަރުން
5
ހާޒިރުވެތިބި މެންބަރުން
6
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
5
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
3
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
6
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
5
ފެންނަކަމަށް
5
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
5
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
3

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

12 އޯގަސްޓު 2024

ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ އެކިއެކި މައްސަލަތަކާ ގުޅިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލަ

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    11
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA