ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ
14 އޭޕްރީލު 2025 12:00 ނަންބަރު M20/M/SOE/2025/04
މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް ޢައްޔަންކުރައްވައި ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ދޭލިޔާގެ/ގއ.ދެއްވަދޫ، މުޙައްމަދު އަނަސްގެ ކިބައިގައި، އެ ޤާނޫނުގެ 5 މާއްދާ އަދި 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެކުލަވާލެވުނު 3 މުވައްޒަފުންގެ ޕެނަލުން އިޢުލާންކުރެއްވުމުން އެ ބޭފުޅާއާ އިންޓަވިއުކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ކޮމިޓީން ނިންމެވުމާ ގުޅިގެން، އެ ފަރާތާ އިންޓަރވިއުކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ސުވާލުކުރުމުގެ މަރުޙަލާ ނިމުމުން، އެ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ކޮމިޓީގެ މެންބަރުން މާކްސް ދިނުމުން، އެފަރާތަށް އެވްރެޖްކޮށް %87.16 (އަށްޑިހަ ހަތެއް ޕޮއިންޓް އެކެއް ހައެއް އިންސައްތަ) މާކްސް ލިބިފައިވާތީ، އެ މިންގަނޑުގައި ބަޔާންކޮށްފައިވާ އެވްރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) އިން ފެށިގެން މަތިން މާކްސް އެފަރާތަށް ލިބިފައިވާތީ، އެފަރާތަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޤާބިލު ފަރާތެއްކަމުގައި ކޮމިޓީން ކަނޑައަޅައި، އެފަރާތަށް ރުހުންދިނުމަށް ފެންނަކަމަށް ކޮމިޓީގެ އިއްތިފާޤުން ނިންމެވިއެވެ.
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ވަޑައިނުގަންނަވާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ވަޑައިގެންނެވި
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ވަޑައިގެންނެވި
ޔޫސުފް ނަޝީދު
ގަމު ދާއިރާ
ސަލާމް
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ޔޫސުފް ނަޝީދު
ގަމު ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
7 އޭޕްރީލު 2025
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް ޢައްޔަންކުރައްވާފައިވާ އަލްފާޟިލް މުޙައްމަދު އަނަސްއަށް ރުހުންދިނުމުގެ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA