ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް ޢައްޔަންކުރައްވައި ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ދޭލިޔާގެ/ގއ.ދެއްވަދޫ، މުޙައްމަދު އަނަސްއަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޤާބިލު ފަރާތެއްކަމުގައި ކޮމިޓީން ކަނޑައަޅައި، އެފަރާތަށް ރުހުންދިނުމަށް ފެންނަކަމަށް ކޮމިޓީގެ އިއްތިފާޤުން ނިންމެވިއެވެ
14 އޭޕްރީލު 2025 - ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA