ލާމަރުކަޒީ ކޮމިޓީ
22 އޭޕްރީލު 2025 11:00 ނަންބަރު M20/M/LM/2025/05
މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޔޫ.އެން.ޑީ.ޕީ އާއި ޔޫ.އެން.ރެސިޑެންޓް ކޯޑިނޭޓަރސް އޮފީސް ގުޅިގެން، ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ތައްޔާރު ކުރަމުންދާ ކަރުދާހަކާ ގުޅިގެން ޔޫ.އެން.ޑީ.ޕީގެ ކޮންސަލްޓަންޓް މރ. އިސްލާމް ޖުސުފި، ކޮމިޓީއާ ބައްދަލުކުރެއްވުމަށް އެދިވަޑައިގަންނަވާފައި ވާތީ އެފަރާތާ ބައްދަލުކުރެއްވުމެވެ. ޔޫ.އެން.ޑީ.ޕީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންފައިވަނީ ތިރީގައިވާ ބޭފުޅުންނެވެ.
1- ޔޫ.އެން.ޑީ.ޕީގެ ކޮންސަލްޓަންޓް މރ. އިސްލާމް ޖުސުފި (އޮންލައިން).
2- އެސިސްޓަންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވް، ޔާސްމީން ރަޝީދު.
3- ޕްރޮޖެކްޓް އެނެލިސްޓް، ޙަމްދާ ޢަބްދުއްރަޙްމާން.
މި ބައްދަލުވުމުގައި، ޔޫ.އެން.ޑީ.ޕީ ކޮންސަލްޓަންޓް މރ. އިސްލާމް ޖުސުފި، ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ތައްޔާރު ކުރަމުންދާ ކަރުދާހާ ގުޅޭގޮތުން ކޮމިޓީ މެންބަރުންނަށް މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި އެއަށްފަހު ކޮމިޓީން ނިންމަވާފައިވަނީ، މި ދިރާސާއަށް ކޮމިޓީގެ ފަރާތުން ކޮންސަލްޓަންޓް ބޭނުންވާ މަޢުލޫމާތު ހޯއްދެވުމަށް ކޮންސަލްޓަންޓުގެ ސުވާލުތައް ކޮމިޓީ މެންބަރުންނާ ލިޔުމުން ޙިއްސާކުރެއްވުމުން، އެ ސުވާލުތަކާމެދު މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، އެ ސުވާލުތަކުގެ ޖަވާބުތައް އެ ފަރާތާ ޙިއްސާކުރުމަށްޓަކައި އިތުރު ބައްދަލުވުމެއް ބޭއްވުމަށެވެ.
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ވަޑައިގެންނެވި
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ވަޑައިގެންނެވި
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ވަޑައިގެންނެވި
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ވަޑައިގެންނެވި
13 ޖެނުއަރީ 2025
ޔޫ.އެން.ޑީ.ޕީ އިން ލާމަރުކަޒީ ޤާނޫނާ ގުޅޭގޮތުން ކޮމިޓީއާ ބައްދަލުކުރޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދި ފޮނުއްވާފައިވާ ސިޓީ
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA