ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
16 ޖުލައި 2025 14:20 ނަންބަރު M20/M/HG/2025/11
14 ޖުލައި 2025 ގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 117 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގައި ހުންނެވި އަލްފާޟިލާ ނިޢުމާތު ޝަފީޤުގެ މަޤާމުގެ މުއްދަތު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާ ގުޅިގެން، މިއަދުގެ ބައްދަލުވުމުގައި އެފަރާތާ އިންޓަރވިއު ކުރެއްވިއެވެ.
އެގޮތުން، އަލްފާޟިލާ ނިޢުމާތު ޝަފީޤުއާ ކޮމިޓީން އިންޓަރވިއުކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން، އެފަރާތުގެ މަޢުލޫމާތު ކޮމިޓީއަށް ކަށަވަރުކޮށްދެވޭނެ ފަރާތެއް ނުވަތަ ރިފަރަލްއެއްގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތް ކަމުގައިވާ އަލްފާޟިލް މުޙައްމަދު ނަޢީމް އަށް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެ މަޢުލޫމާތު ދިނުމުގެ ފުރުޞަތު ކޮމިޓީން ދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ށ) އަދި (ރ) ގައިވާ ގޮތުގެމަތިން، އަލްފާޟިލާ ނިޢުމާތު ޝަފީޤުއާ ކޮމިޓީން ކުރެއްވި އިންޓަރވިއުގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތުތަކާއި އެފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ އަލީގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގައި އެފަރާތުގެ އޮތް ތަޞައްވުރާއި، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތަކާގުޅޭ މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވާ މިންވަރު ދެނެގަތުމާ ގުޅޭގޮތުންނާއި، އެ މަޤާމުގައި ކޮށްފައިވާ މުހިންމު މަސައްކަތްތަކާއި، މަސައްކަތުގައި މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމަށް ކުރެވެމުންދާ ކަންކަމާ ގުޅޭގޮތުން ސުވާލުކުރެއްވިއެވެ. މީގެ އިތުރުން، މި މައްސަލައިގައި ޢާންމުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކާ ގުޅިގެންވެސް ކޮމިޓީން ސުވާލުކުރެއްވިއެވެ.
އަލްފާޟިލާ ނިޢުމާތު ޝަފީޤުއާ އިންޓަރވިއުކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 223 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން 28 ޖުލައި 2024 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީގެ 16 ވަނަ ބައްދަލުވުމުގައި ފާސްކޮށްފައިވާ "މިނިވަން މުއައްސަސާތަކާއި މިނިވަން މުސްތަޤިއްލު މަޤާމުތަކަށް މީހުން ޢައްޔަނުކުރުމަށް އިންޓަރވިއުކުރެވޭ ފަރާތްތަކަށް މާކްސްދިނުމުގައި ވަޒަންކުރާނެ މިންގަނޑު" އާ އެއްގޮތްވާ ގޮތުގެމަތިން، ކޮމިޓީގެ މެންބަރުން މާކްސް ދެއްވިއެވެ. ކޮމިޓީގެ މެންބަރުންނަށް ފެންނަ ގޮތަށް މާކްސް ދިނުމުން، އަލްފާޟިލާ ނިޢުމާތު ޝަފީޤު އަށް ލިބިފައިވަނީ %88 (އަށްޑިހައަށެއް އިންސައްތަ) އެވެ.
އެހެންކަމުން، ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގައި ހުންނަވާ މ. މާފުށީގެ، އަލްފާޟިލާ ނިޢުމާތު ޝަފީޤުގެ މަޤާމުގެ މުއްދަތު 5 (ފަހެއް) އަހަރަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ފަރާތާ ކޮމިޓީން އިންޓަރވިއުކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ފާސްކޮށްފައިވާ މިންގަނޑުގައިވާ ގޮތުގެމަތިން މެންބަރުން ދީފައިވާ މާކްސްތަކުގެ އެވްރެޖް %75 (ހަތްދިހަފަހެއް އިންސައްތަ) އަށްވުރެ މަތިން މާކްސް ލިބިފައިވާތީ، މ. މާފުށީގެ، އަލްފާޟިލާ ނިޢުމާތު ޝަފީޤަކީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ކަމުގެ މަޤާމުގައި ދެމިހުރުމަށް ޤާބިލު ފަރާތެއްކަމަށް ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ގޮތަށް، އެ މަޤާމުގެ މުއްދަތު 5 (ފަހެއް) އަހަރަށް އިތުރުކުރުމަށް ފެންނަކަމަށް ކޮމިޓީން ފާސްކުރިއެވެ.
ޙުސައިން ނާޞިޙް
މެދުހެންވޭރު ދާއިރާ
ވަޑައިގެންނެވި
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
ވަޑައިގެންނެވި
ފަރުޙަތު މުޙައްމަދު
ކުޅުދުއްފުށި ދެކުނު ދާއިރާ
ވަޑައިގެންނެވި
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
ވަޑައިގެންނެވި
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ސަލާމް
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ޙަމީދު
ކުޑަހުވަދޫ ދާއިރާ
ވަޑައިގެންނެވި
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ރަސްމީ
މުޙައްމަދު ފަޟީލް
ދާންދޫ ދާއިރާ
ވަޑައިގެންނެވި
އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ރިފާޢު
މާފަންނު ދެކުނު ދާއިރާ
ވަޑައިގެންނެވި
20 ޖުލައި 2025
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގައި ހުންނެވި އަލްފާޟިލާ ނިޢުމާތު ޝަފީޤުގެ މަޤާމުގެ މުއްދަތު އިތުރުކުރެއްވުމާގުޅޭ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA